ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލީ ކަމަށް ފުލުހުން ބުނެފި އެވެ.
ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ނަތީޖާއާ ހަވާލާދީ ފުލުހުން މިރޭ ބުނީ ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.
ނިޝާމާ މަރާލި ގޮތް ބުނުން ފިޔަވާ ޕޯސްޓްމޯޓަމް ރިޕޯޓްގައިވާ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ހދ. ނޮޅިވަރަން ހިތަށްފިނިވާގެ އުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދު މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު އޭނާ ދިރިއުޅުނު ގޭގެ ކޮޓަރި ތެރެއިންނެވެ. މި މައްސަލައިގައި ފުލުހުން ތުޙުމަތު ކުރަނީ ނިޝާމާގެ ފިރިމީހާ ފައިޞަލް ޢަލީއަށެވެ.
އެކަމުގެ ތުޙުމަތުގައި އޭނާ ހައްޔަރުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިމަހުގެ 19 ވަނަ ދުވަހު ވަނީ މަރުވެފައެވެ.
މިހާރު މަރުޙޫމާގެ ގާާތިލެއްވެސް މިދުނިޔެއަކު ނެތް ދެ ޚަސްމުންވަނީ
މި ދުނިޔެ ދޫކޮށްފަ ދެންކިހިނެއް މި
މައްސަލަ ބަލާނީ!!
މަރާލިމީހާ ( ގާތިލް ) އަމިއްލައަށް މަރުވުމުން ދެން ތިޔަ މައްސަލަ ހިނގާނީ ގިޔާމަތް ދުވަހުން މާތްﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ދަރުބާރުފުޅު ގައި.