ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ފެނަކަ އިން ސްމާޓް މީޓަރުގެ ހިދުމަތް އިފްތިތާހުކޮށްފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 24, 2022
ޚަބަރު
0
ފެނަކަ އިން ސްމާޓް މީޓަރުގެ ހިދުމަތް އިފްތިތާހުކޮށްފި

ގއ.މާމެންދޫގައި ސަރުކާރުން އިމާރާތްކުރި އައު އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވާ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ މާމެންދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ފެނަކައިގެ ސްމާޓް މީޓަރުގެ ޚިދުމަތްވެސް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ ފެނަކައިގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ތަޢާރަފް ކުރި ޚިދުމަތެކެވެ. މި ޚިދުމަތާއެކު ގޭބިސީތަކުގައި ކަރަންޓް ބޭނުން ކުރާވަރު ބަލާލެވޭނެއެވެ.

1500 އަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުން އަންނަ މާމެންދޫގައި މީގެ ކުރިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އައިސްފައިވަނީ ޖާގައިގެ ގޮތުން ކުޑަ 23 އަހަރުވެފައިވާ އިންޖީނުގެއެއްގައެވެ. މިއިންޖީނުގެ 23 އަހަރުުގެ ތެރޭ ރަށުގެ 24 ސަރަޙައްދަކަށް ބަދަލުކޮށް ޚިދުމަތް ދެމުން އައެވެ. އޭރުވެސް އިންޖީނުގެއިން ކަރަންޓް ދެމުން އަންނައިރު ކަޅުބޯ ދުމުގެ އަސަރާއި އަޑުގަދަވުމުގެ މައްސަލަތައް ރައްޔިތުންނަށް ކުރިމަތިވެއެވެ.

މިބޮޑު ތަކުލީފުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ފެނަކައާ ހަވާލުކުރީ އިންޖީނުގެ މީހުން ދިރި ނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށެވެ. އެގޮތުން މާމެންދޫގެ އައު އިންޖީނުގޭގެ ބިންގާ 2019 ވަނަ އަހަރު އަޅާ މިހާރު މިވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މާމެންދޫގެ އައު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު އިންޖީނުގެއާއި ނެޓްވޯކް ޤާއިމްވެގެންދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިހިތްހަމަޖެހުން މިލިބުނީ އިޚްލާސްތެރި ނިޔަތަކާއެކު އޯގާތެރި ހިތެއްގެ ވެރިއަކު މިޤައުމުގެ ރައީސަކަށް އިޚްތިޔާރުކުރެވުނީތީ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ޤާއިމްކުރެވުނު މިއިންޖީނުގެއާއި ނެޓްވޯކާއެކު ރަށުގެ އުމްރާނީ ތަރައްޤީއަށް ކިތަންމެ ބޮޑު ޕްރޮޖެކްޓެއް އަދި ކިތަންމެ ގިނައިން ކަރަންޓް ބޭނުން ކުރަންޖެހުނަސް އެއްވެސް ދަތިކަމެއްނެތި ކަރަންޓް ދެވޭނެ ހުރިހާ މަގެއް ފަހިވެގެންދާނެ ކަމަށް ވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މާމެންދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެއަކީ ކުރީގެ އިންޖީނުގެއާ ބަލާއިރުވެސް ޖާގައިގެގޮތުން ތަނަވަސް އިމާރާތެކެވެ. އެގޮތުން އިންޖީނުގެ ކުރީގެ ބޮޑުމިނަކީ 89 އަކަމީޓަރެވެ. ނަމަވެސް އައު އިންޖީނުގެ ބޮޑުމިނަކީ 206 އަކަމީޓަރެވެ. ކުރިން މިރަށުގައި ހުރީ 1000 ކިލޯވޮޓުގެ ޖެންސެޓް ކެޕޭސިޓީއެކެވެ. ނަމަވެސް އައު އިމާރާތުގައި 1400 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނު ވަނީ ބަހައްޓާފައެވެ.

ޢައު އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯވޮޓުގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށް ކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި 800 ކިލޯވޮޓުގެ 1 ޖެންސެޓް ބެހެއްޓޭނެ ކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. އައު އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ހުރެއެވެ.

ގއ. މާމެންދޫގައި އައު އިންޖީނުގޭގެ މަސައްކަތް ކޮށްފައިވަނީ ”ޓިކް ޓެކް އިންވެސްޓްމަންޓާ“އާއި ޙަވާލުކޮށްގެންނެވެ. މި މަސައްކަތަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

Tags: ފެނަކަ

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023
ޢަރަބިއްޔާގެ ކަންބޮޑުވުންތައް ހާމަކޮށްފި

ޢަރަބިއްޔާގެ ދަރިވަރުން މޫނު ނަގަން އަންގާތީ ޖަމްއިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި

މާރޗް 23, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In