އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދުވަސްވީ މީހުންނަށް ކޮވިޑު ޖެހި ޗައިނާގެ ހޮސްޕިޓަލުތައް ފުރެނީ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 24, 2022
ދުނިޔެ
0
ދުވަސްވީ މީހުންނަށް ކޮވިޑު ޖެހި ޗައިނާގެ ހޮސްޕިޓަލުތައް ފުރެނީ

ޗައިނާގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހި، ހޮސްޕިޓަލްތައް ފުރެން ފަށައިފިއެވެ. ޗައިނާގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފަށާފައި ވަނީ، އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ޑިސެންބަރު 7ވަނަ ދުވަހުން ފެށިގެން ލުއިދޭން ފެށުމާ ގުޅިގެންނެވެ. އެންމެ ހަލުވިކޮށް ބަލި ފެތުރެމުން ދަނީ ވެރިރަށް ބެއިޖިންގްގެ އިތުރުން އާބާދީ ބޮޑު އެހެން ރަށްތަކުގައެވެ.

ޗައިނާގެ ރަށެއް ކަމުގައިވާ ޗޮންކިންގްގައި ހުންނަ ހޮސްޕިޓަލަކުން ބުނީ، އެ ތަނުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ ތެރެއިން 80އާއި 90 އިންސައްތައާ ދެމެދު އަދަދެއްގެ ބަލި މީހުންނަކީ ކޮވިޑަށް ފަރުވާ ކުރަމުންދާ އުމުރުން ދުވަސްވީ މީހުން ކަމުގައެވެ. މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުގެ ވޯޑުތައް ފުރި، ހޮސްޕިޓަލުގެ އެހެން ސަރަޙައްދުތަކުގައި ވެސް ބަލި މީހުންނަށް ފަރުވާދެމުންދާ ކަމުގައި އެ ތަނުން ބުނެއެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ގިނަ މީހުން ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ. އަދި، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ކުރަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ، އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ ބޮޑު ބަޔެއް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާތީ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީގެ ހޮސްޕިޓަލުތަކުން ވެސް ފެންނަމުން ދަނީ މި ފަދަ މަންޒަރުތަކެކެވެ. ވޯޑްތައް ހުރި ހޮސްޕިޓަކުގެ ކޮރިޑޯތަކުގައި ވެސް ސްޓްރެޗަރތަކުގައި ބާއްވައިގެން ބަލި މީހުންނަށް ފަރުވާދެމުންދާ މަންޒަރެވެ. އެ ރަށުގައި ވެސް ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ގިނަ މީހުން ނޭވާލަމުން ދަނީ އޮކްސިޖަންގެ އެހީތެރިކަމާ އެކުގައެވެ.

މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ޗައިނާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ޗައިނާއިން އެ އަދަދުތައް ހާމަ ކުރުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ޗައިނާއިން ދާދި ފަހުން ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އަދި، މި ބަލީގައި މަރުވާ މީހުންގެ ގޮތުގައި މިހާރު ބަލަމުން ދަނީ، ބަލި ޖެހި ނޭވާލާ ނިޒާމު ފޭލުވާ މީހުން އެކަންޏެވެ.

ޗައިނާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަލުވިކަމާ އެކު ބަލި ފެތުރުމުގެ ފުރުޞަތު ދިނުމުން ބަލީގެ އައު ވޭރިއެންޓްތައް އުފެދުމުގެ ފުރުޞަތު އިތުރުވެފައިވާ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވެސް ވަނީ ކޮށްފައެވެ. މިއީ މުޅި ދުނިޔެއަށް އޮތް ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެވެއެވެ. އަދި، އެމެރިކާއިން ވެސް ވަނީ، ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހާމަ ކުރުމަށް ޗައިނާއަށް ބާރު އަޅާފައެވެ.

”ހުރިހާ ޤައުމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ފޯރުކޮށްދިނުމަށް. އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ ކަން ކަށަވަރު ކުރުމަށް. އަދި، ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ލުއިފަސޭހަކޮށްދިނުމަށް. އަދި، ބަލި ފެތުރެމުންދާ މިންވަރާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހާމަކުރަން ޖެހޭ،“ މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މާރޗް 25, 2023
އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

މާރޗް 25, 2023
ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

މާރޗް 25, 2023
ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

މާރޗް 25, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In