އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ޞާލިޙާއި ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ރައީސް ޞާލިޙްގެ ކެބިނެޓުގައި ހިމެނޭ އެމްޑީޕީގެ ވަޒީރުން ރައީސް ޞާލިޙަށް ތާއީދުކުރައްވަމުންދާކަން ހާމަކުރައްވަމުން ގެންދަވާއިރު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ ރައީސް ޞާލިޙާއެކު ހުންނެވިކަން ހާމަކުރައްވައިފައެވެ.
”އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑުގެ ތާއީދާއި ވޯޓު ރައީސް ޞާލިޙަށް. އަޅުގަނޑު ދަންމަ ރައްޓެހި ހުރިހާ އެމްޑީޕީ މެންބަރުންނަށް އަޅުގަނޑު ކުރާނެ އިލްތިމާސަކީ ރައީސް ޞާލިޙަށް ޕްރައިމަރީގައި ވޯޓު ދެއްވުން.“
ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ޔޫތު މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު ވެސް ވަނީ ހާމަކުރައްވައިފައެވެ.