އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުން ވެސް ރީތި ކެމްޕެއިނެއް ކުރުމަކީ އެމްޑީޕީގެ ކުރިމަގަށް މުހިއްމުކަމެއް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ދެ ބޭފުޅުންގެ ޓީމުތަކުން ކެމްޕޭން ފަށާފައިވާއިރު އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.
20 ހާސް މެންބަރުންގެ ތާއީދާއެކު ރައީސް ޞާލިޙް ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައި މަހުލޫފް ވިދާޅުވީ ފާއިތުވި 4 އަހަރުގެ ތަޖުރިބާގައި “އަޅުގަނޑުގެ ތާއީދުވަނީ ރާއީސް ޞާލިޙް އާއެކު“ ކަމަށެވެ.
އަދި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުން ވެސް ރީތި ކެމްޕެއިނެއް ކުރުމަކީ އެމްޑީޕީގެ ކުރިމަގަށް މުހިއްމުކަމެއް ކަމަށެވެ.