މި ވެރިކަމަކީ އެތައް ހާސް ރައްޔިތުންގެ ފުރާނައާއި އިހުސާސްތަކާ ލެޔާ ގުޅިފައިވާ ވެރިކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ވިދާޅުވީ ހެޔޮވެރިކަމެއް ގާއިމު ކުރަން ކުރެވުނު މަސައްކަތުގެ ހިތި އުނދަގޫ އަނިޔާވެރި ހަތް އަހަރަށްފަހު އުފެދުނު ވެރިކަމަކީ އެތައް ހާސް ރައްޔިތުންގެ ފުރާނައާއި އިހުސާސްތަކާ ލެޔާ ގުޅިފައިވާ ވެރިކަމެއް ކަމަށެވެ.
އަދި މި ވެރިކަން ދަމަހައްޓަން ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
އައްޑޫ ފޭދޫ މަގުމަތީގައި ތެޅުނު ޕާޓޭ އެއް ތީ ބޮޑުވަގެއްތީ ލަދުހަޔާތުގެ ކަންފުޅެއްވެސް މިވަގު ގެ ނެތޭ