ހދ.ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ވަޅުލައިފިއެވެ.
ޢުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 10 ގައެވެ.
ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނިވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނައީ މިއަދުއެވެ. ހަށިގަނޑު ވަޅުލާފައިވަނީ މަޣްރިބު ނަމާދަށްފަހުއެވެ.
ފުލުހުން ބުނެފައިވަނީ ދެ ދުވަހެއްގެ ތެރޭ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ކަމަށެވެ.
ނިޝާމާ މަރާލި ކަމަށް އޭނާގެ ޢާއިލާއިން ތުހުމަތުކުރަނީ ނިޝާމާގެ ފިރިމީހާ ފައިސަލްގެ މައްޗަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.