ރ.ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 08:00 އިން 16:00 އަށެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ނަޡީމް (ފިއްޓޭ) އިންތިޚާބު ކާމިޔާބު ކުރެއްވީ 612 ވޯޓާއެކުއެވެ.
ޕީޕީއެމްގެ ކެންޑިޑޭޓު ފާތުމަތު ޢަލީއަށް ލިބިލެއްވީ 544 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ޙުސައިނަށް ލިބިލެއްވީ 298 ވޯޓެވެ.
3412 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި ވޯޓުލާފައިވަނީ 1489 މީހުންނެވެ.