މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އިން ދެކުނުގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި އެ ސަރަހައްދުތަކަށް ވައިޖެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
ސަމާލު ނެރެފައިވަނީ މެންދަމު 02:00 އާ ހަމައަށެވެ.