ހއ.އުލިގަމުގައި ކުޅެން ހުރި ކުއްޖެއްގެ ގައި މައްޗަށް ގޯލެއް ވެއްޓި ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގީ މިއަދު ހަވީރު ކުޑަކުދިންތަކެއް ފުޓްބޯޅަ ކުޅެން އުޅުމުގެ ތެރޭގައެވެ.
އުމުރުން 10 އަހަރުގެ ކުއްޖެއްގެ ކަނދުރާ މައްޗަށް ފުޓްސަލް ގޯލް ވެއްޓުމުން އަނިޔާވެގެން ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ.
އެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމަށް މަޢުލޫމާތު ލިބެއެވެ.