ފުލުހުންނަށް ޣައިރު ގާނޫނީ އަމަލުތަކުގެ ތުހުމަތު ކުރެވޭނަމަ ލަސްނުކޮށް އެކަން ތަޙްޤީޤު ކުރެވެންވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހެކިބަސްދިނުމަށް ހެކިވެރިންނަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ނުފޫޒުފޯރުވި ކަމަށް ބުނާ އޯޑިއޯ ރެކޯޑިންގއަކާ ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ ފުލުހުންނަށް ޣައިރު ގާނޫނީ އަމަލުތަކުގެ ތުހުމަތު ކުރެވޭނަމަ ލަސްނުކޮށްއެކަން ތަޙްޤީޤު ކުރެވެން ވާނެކަމަށެވެ. ނޫނީ މުއައްސަސާއަށް ރައްޔިތުންނަށް އިތުބާރު ނުކުރެވޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
މީގެއިތުރުން ތަޙްޤީޤު ފުރިހަމަވަންދެން ތުހުމަތުކުރެވޭ ފަރާތް މަސްއޫލިއްޔަތުން އެއްފަރާތް ކުރަންޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.