ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މި ސަރުކާރުން: ރައީސް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 24, 2022
ޚަބަރު
0
ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މި ސަރުކާރުން: ރައީސް

ރައްޔިތުން ވޯޓުދީގެން ސަރުކާރެއް ހޮވާ، ޓެކްސް ފައިސާ ސަރުކާރަށް ދައްކަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ސަރުކާރުން ޤާއިމްކޮށްދިނުމަށްޓަކައި ކަމަށާއި، ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މިސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ގއ. ނިލަންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މީގެ 4 އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބެއެވެ. އަދި އެއީ ކަރަންޓުގެ ޚިދުމަތްކަމުގައި ވީ ނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ކަމުގައި ވީނަމަވެސް، ލަފާ ފުރުމުގެ ޚިދުމަތްކަމުގައި ވީނަމަވެސް ނުވަތަ ރަނގަޅު ތަޢުލީމާއި، ޞިއްޙީ ޚިދުމަތް ކަމުގައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ މިންވަރަށް އެ ޚިދުމަތްތައް މީގެ ކުރީގެ ސަރުކާރުތަކުން ފޯރުކޮށްދެވިފައިނުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މީގެ ކުރިން ޚާއްޞަކޮށް ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ހެއްދެވީ އެއްވެސް ރަށެށް، އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތައް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިގޮތުން ފެނަކަ މެދުވެރިކޮށް 144 ރަށަކަށް އައު ޖަނެރޭޓަރު ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގެ އިންޖީނުގޭ އޮފީސް ޢިމާރާތް ޤާއިމްކުރެވިއްޖެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ މި ދައުރުގައި ރަށްރަށުގެ ކަރަންޓްގެ ޚާލަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން، ރަށްރަށަށް އައު އިންޖީނު ފޯރުކޮށްދިނުމާއި، ކަރަންޓު ފޯރުކޮށްދޭ ކޭބަލް ނެޓްވޯރކް އަޕްގްރޭޑްކުރުން ހިމެނެއެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ގއ. ނިލަންދޫގެ އައު އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓް ގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ. ނިލަންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރ ޢިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ. އަދި ކުރީގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަމަވެސް އައު އިންޖީނުގެ ޤާއިމްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އައު އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތައްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގއ. ނިލަންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެމަނިކުފާނު އިއްޔެ ގއ. އަތޮޅުގެެ ތިން ރަށަކަށް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ދެވަނައަށް ޒިޔާރަތްކުރެއްވި ރަށެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In