ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ގއ. ނިލަންދޫއަށް ޒަމާނީ އިންޖީނުގެއެއް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 24, 2022
ޚަބަރު
0
ގއ. ނިލަންދޫއަށް ޒަމާނީ އިންޖީނުގެއެއް

ގއ. ނިލަންދޫގައި އައު އިންޖީނުގެއާއި ފެނަކައިގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވާ، ޚިދުމަތް ދޭން ފަށައިފިއެވެ.

ނިލަންދޫ އައު އިންޖީނުގެއާއި، ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އައު އިންޖީނުގެ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި ފެނަކައިގެ އޮފީސް އިމާރާތ ބައްލަވިލައްވާފައެވެ.

މީހުން ނޫޅޭ ސަރަހައްދުތަކަށް އިންޖީނުގެތައް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގއ. ނިލަންދޫގައި 22 އަހަރުފަހުން މިވަނީ އަައު އިންޖީނުގެއެއް ހުޅުވާފައެވެ. ކުރިން އެރަށުގައި ހުރި އިންޖީނުގެ އެކި ފަހަރު މަތިން 23 ތަނަކަށް ބަދަލުކޮށްފައިވެއެވެ. އޭރުވެސް އިންޖީނުގެ ބަދަލުކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. އެހެންނަމަވެސް އިންޖީނުގޭގެ އަޑު ގަދަވުމާއި، އަރާ ދުމުން ރައްޔިތުންނަށް އެތައް ތަކުލީފެއް ދިޔައީ ކުރިމަތިވަމުންނެވެ.

ރައްޔިތުންގެ މި ކަންބޮޑުވުމަށް ޙައްލެއް ހޯދައިދީ، 22 އަހަރު ވަންދެން ރައްޔިތުން އުފުލި ތަކުލީފަށް ނިމުން ގެނެސްދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނެވެ. 1000 އަކަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ނިލަންދޫގައި އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ރަށުގެ އައު އިންޖީނުގޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، މިފަދަ އައު ޒަމާނީ އިންޖީނުގެތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާކަމަށެވެ. އަދި ކުރިއާއި ޚިލާފަށް މިހާރު ކަރަންޓު ކެނޑުމުގެ މައްސަލަތައް މަދުކަމަށާއި، ރަށަކުން ކަރަންޓު ކެނޑުނުނަމަވެސް ޒިންމާދާރުކަމާއެކު ކަރަންޓު ފޯރުކޮށްދެވިގެންދާކަމަށެވެ.

މިގޮތުން ނިލަންދޫއަށް އިޝާރަތްކުރައްވާ ސައީދު ވިދާޅުވީ، ކޯވިޑް-19ގެ ދަތި ޙާލަތުގައިވެސް ކަރަންޓް ކެނޑުނަ ނުދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ދަށުން އެރަށުން ކަރަންޓު ކެނޑިފައި ނުވާކަމަށެވެ.

ނިލަންދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެއަކީ ކުރީގެ އިންޖީނުގެއާ ބަލާއިރުވެސް ޖާގައިގެގޮތުން ތަނަވަސް އިމާރާތެކެވެ. މިގޮތުން އިންޖީނުގެ ކުރީގެ ބޮޑުމިނަކީ 78 އަކަމީޓަރެވެ. ނަމަވެސް އައު އިންޖީނުގެ ބޮޑުމިނަކީ 179 އަކަމީޓަރެވެ. ކުރިން މިރަށުގައި ހުރީ 550 ކިލޯވޮޓުގެ ޖެންސެޓް ކެޕޭސިޓީއެކެވެ. ނަމަވެސް އައު އިމާރާތުގައި 1050 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނު ވަނީ ބަހައްޓަފައެވެ.

ޢައު އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓުގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށްކަމަށް ފެނަކައިން ވިދާޅުވެއެވެ. އައު އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ހުރެއެވެ.

ގއ. ނިލަންދޫގެ އައު އިންޖީނުގޭގެ މަސައްކަތް ކޮށްފައިވަނީ ”ކިއު ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“އާއި ޙަވާލުކޮށްގެންނެވެ. މި މަސައްކަތަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

Tags: ފެނަކަ

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

މާރޗް 24, 2023
އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In