ބުދަ, ޑިސެމްބަރ 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޓެކްނޮލޮޖީ ކުރިއެރިޔަސް އިންސާނުންގެ ޚިދުމަތް ހުއްޓާލެވޭކަށް ނޯންނާނެ: ފަޒްނާ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 24, 2022
ޚަބަރު
2
ޓެކްނޮލޮޖީ ކުރިއެރިޔަސް އިންސާނުންގެ ޚިދުމަތް ހުއްޓާލެވޭކަށް ނޯންނާނެ: ފަޒްނާ

ޓެކްނޮލޮޖީ ކިތަންމެ ވަރަކަށް ތަރައްޤީވެ ކުރިއެރިޔަސް ޚިދުމަތްކުރަން ޖެހެނީ އިންސާނުންނަށްވީތީ، އިންސާނުންގެ ހުނަރުތައް ތަރައްޤީކުރުމުގައި ތަޢުލީމީ ދާއިރާއިން އަބަދުވެސް ހުށިޔާރުވެ ތިބެން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ADVERTISEMENT

އެކަމަނާގެ ވާހަކަފުޅުގައިވަނީ ދުނިޔެއަށް އަންނަމުންދާ އިންޤިލާބީ އެކި ބަދަލުތަކާއެކު ސަމާލުކަންދޭންވީ ބައެއްކަންކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

6 ވަނަ ޓީޗަރސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، މިވޭތުވެގެންދިޔަ މާޒީގައި ޓެކްނޮލިޖީގެ ދާއިރާއިން އިންސާނުން ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށެވެ.

އެގޮތުން ކުނިކަހާ މެޝިނުން ފެށިގެން ޙަރަމްފުޅުގައި މުސްޙަފް އުފުލުމަށްވެސް މެޝިން ބޭނުންކުރަމުންދާ ދިއުން މިސާލަކަށް ނަންގަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާ ކިތަންމެ ވަރަކަށް ކުރިއެރިނަމަވެސް ޚިދުމަތް ލިބިގަތުމަށް ތިބީ އިންސާނުންކަމަށެވެ. އިޙްސާސްތަކެއްވާ އިންސާނުންނަށް ޚިދުމަތްކުރުމަކީ މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަން ފާޙަގަކުރައްވާ އެކަމަނާ ވިދާޅުވީ، އެހެންކަމުން މިއަދުގެ ދަރީންނަކީ ޖަޒްބާތީ ތޫނުފިލިކަމުގައި ހުނަރުވެރިކުދިންނަށް ހަދަންޖެހޭކަމަށެވެ.

”އަޅުގަނޑަށް ވިސްނޭކަމަކީ އެކި ޒަމާނުގައި ސިނާޢަތްތަކަށް އެކިއެކި ބަދަލުތައް އައިކަމުގައިވިޔަސް އަޅުގަނޑުމެން، ދަމަހައްޓަންޖެހޭ އަގުތަކަށް ބަދަލެއް ނާންނާނެކަން. ވީމާ އެއަގުތައް ބެލެހެއްޓުމަށް، ދެމެހެއްޓުމަށް ބޭނުންވާ ހުނަރުތަކާއި ސިފަތަކަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެކަން. ސަބަބަކީ ސިނާޢަތްތައް ކުރިއަރައި ޑިޖިޓަލައިޒްވިޔަސް ޚިދުމަތް މިދެނީ ހަމަ އިންސާނުންނަށްކަމަށްވާތީ“ ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ދުނިޔެއަށް އިންޤިލާބީ އެތައް ބަދަލެއް އައިކަމުގައިވީނަމަވެސް ބަދަލުނުވާނެ އެއްޗަކީ އިންސާނުންނަށްވީތީ ދަމަހައްޓަންޖެހޭ އަގުތަކެއްވާ ކަމަށެވެ. އެހެންކަމުން ސްކޫލް ނިންމާ މުޖުތަމަޢަށް ނިކުންނަ ދަރިވަރުންގެ ކިބައިގައި މިއަގުތައް އަށަގެންނެވުމުގައި ތަޢުލީމީ ދައިރާއިން މަސައްކަތްކޮށްދެއްވުމަށްވެސް އެކަމަނާވަނީ އެދިވަޑައިގަންނަވާފައެވެ.

”ބައެއް މާއްދާ ތަކުގައި ހިތުން ދަސްކުރާ ބައި ބޮޑުވާހަކަ އަދި ގިނަ ދަރިވަރުން ބިޒްނަސް ސްޓްރީމް ޚިޔާރުކުރާ ވާހަކަ، މިއީ ވަރަށް ބޮޑަށް ދެކެވޭ ވާހަކަތަކެއް. މިއީ ކަންއޮތްގޮތް ކަމަށްވާނަމަ މިކަންކަން ބަދަލުކުރެވޭނެ ގޮތްތަކެއް ވިސްނަންޖެހޭ. ސައިންސް އަދި ލިބަރަލް އާޓްސްގެ މައްދާތައް ކިޔަވަން ބާރުއަޅަންޖެހޭ. އަދި ހިތުދަސްކުރުމުގެ ބަދަލުގައި ކަންކަމާ ވިސްނާ، ދިރާސާ ކުރާ ދަރިވަރުންތަކެއް އުފެދެންޖެހޭކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ“ ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްކޫލް ނިންމާ މުޖުތަމަޢަށް ނިކުންނަ ދަރިވަރުންނަކީ ހަމައެކަނި ފޮތުގައި ހުންނަ މަޢުލޫމާތަށް އެކަނި ބަރޯސާވެގެން ބޮޑެތިވާ ކުދިންނަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް އިތުބާރުކޮށް އަމިއްލަ ވިސްނުމާއި ފިކުރު ބޭނުންކޮށް، އަނެކުންގެ އިޙްސާސްތައް ދެނެގަތުމަށް މަސައްކަތްކުރާ ކުދިންތަކަކަށް ހެދުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އަބަދުވެސް ތަޢުލީމީ ދާއިރާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއް ހަމައެއްގައި ސާބިތުވާންޖެހޭކަން އެކަމަނާވަނީ ފާހަގަކުރެއްވިއެވެ.

6 ވަނަ ޓީޗަރސް ކޮންފަރެންސް މިއަހަރު ބާއްވަނީ ކުޅުދުއްފުށި ސިޓީގައެވެ. މިކޮންފަރެންސް ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން ވަނީ އެކަމަނާއަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ރާއްޖެ ޓީވީ އަށް ހެލިކޮޕްޓަރު ދިނީ އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި

އިންޑިއާއާއެކު ރާއްޖެއިން ހެދި 100 އަށްވުރެ ގިނަ އެއްބަސްވުން އަދި ދިރާސާކޮށް ނުނިމޭ: ރައީސް

ޑިސެމްބަރ 5, 2023
މަޖިލިސް އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު އަދާލަތުން ގޮތެއް ނިންމަނީ

ކުރިއަށް ހުރި އިންތިޚާބުތަކުގައި ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީއާއި އަދާލަތުން މަޝްވަރާ ކޮށްފި

ޑިސެމްބަރ 5, 2023
ރާއްޖެއާއި ޗާގޯސްއާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރު މައްސަލައިގެ ހުކުމް ކުރުން މި މަހު 28ގައި

ޗާގޯސް މައްސަލައާއި އިޒްރޭލު ޕާސްޕޯޓު މައްސަލަ ކެބިނެޓާ ހަމައަށް ގެންނާނަން: ރައީސް

ޑިސެމްބަރ 5, 2023
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދި މުޅިން ސާފެއް ނުވޭ: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދި މުޅިން ސާފެއް ނުވޭ: ރައީސް

ޑިސެމްބަރ 5, 2023

Comments 2

  1. އަމީންފައިސަލް says:
    12 months ago

    ފަޒްނާއަހުމަދު އަދި އައިސަތުއަލީ ދެމީހުންގެ އައުރަ ނިވާ ނުވޭ

    Reply
  2. އަހުމަދުރަސީދު says:
    12 months ago

    ފަޒްނާއަހުމަދު އަދި އައިސަތުއަލީ ދެމީހުންގެ އައުރަ ނިވާ ނުވޭ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަބީޝޭކްއާއި އައިޝްވާރިޔާ ވަރިވަނީ؟

    އަބީޝޭކްއާއި އައިޝްވާރިޔާ ވަރިވަނީ؟

    0 shares
    Share 0 Tweet 0
  • ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

    0 shares
    Share 0 Tweet 0
  • ގިނަގިނައިން ކާންވީ ފިޔާ

    0 shares
    Share 0 Tweet 0
  • މިސްކިތްތަކުން ފައިިވާން ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In