20,000އަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.
ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް 20،000 އަށްވުރެ ގިނަ މެންބަރުންގެ ތާއިދާއެކު ރައީސް ސޯލިހްގެ ކެންޑިޑެންސީ ފޯން ހުށައަޅުއްވައިފި ކަމަށެވެ.
މިއަދަކީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނެ ފަހު ތާރީހެވެ.
ރައީސް މުހައްމަދު ނަޝީދުވެސް ފޯމު ހުށަހަޅުއްވާފައިވާއިރު ރައީސް ނަޝީދުގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައިވަނީ ބަރާބަރު 500 މީހުންގެ ތާއީދާއެކުގައެވެ.
ޑިސެމްބަރު 26 ވަނަ ދުވަހު ކެންޑިޑޭޓުންގެ ފައިނަލް ލިސްޓާއި ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނެއެވެ. އަދި 28 ޑިސެމްބަރުން 31 ޑިސެމްބަރުގެ ނިޔަލަށް ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅޭނެއެވެ.
އަދި 03 ޖެނުއަރީގައި ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރާނެއެވެ. އަދި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލައި 15ވަނަ ދުވަހު އެފުރުސަތު ބަންދުވާނެކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ 28 ޖެނުއަރީ 2022 ގައެވެ.