ހުކުރު, ފެބްރުއަރީ 3, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސިޔާސީ ބޭފުޅުން ރާއްޖެއާ މެދު އޯގާތެރިވެ ވަޑައިގަންނަވާ!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ޑިސެމްބަރ 24, 2022
ރިޕޯޓް
1
ސިޔާސީ ބޭފުޅުން ރާއްޖެއާ މެދު އޯގާތެރިވެ ވަޑައިގަންނަވާ!

އިއްޒަތްތެރި ސިޔާސީ ބޭފުޅުންނޭވެ! މި ލޮބުވެތި ގައުމަށް ތިޔަ ބޭފުޅުން އޯގާތެރިވެ ވަޑައިގަންނަވާށެވެ!

ގައުމުގެ އިގުތިސާދު އޮތީ ފުނޑުފުނޑުވެ ދިއުމުގެ މަގުމަތީގައެވެ. އެއްފަރާތުން ދިވެހި ގައުމަށް ބޮޑެތި މާލީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އަނެއްފަރާތުން މުދަލުގެ އަގު ބޮޑުވެ ރައްޔިތުންނަށް ދިރިއުޅެން ވަނީ ދަތިވެފައެވެ. ޓެކްސް ބޮޑުވަމުން އިތުރުވަމުންދަނީއެވެ. މުސާރަ ބޮޑެއްނުވި އެވެ. ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރެއް ނުވިއެވެ. އެވަރުން ނުވެގެން އެންމެ ފަހުން ރައްޔިތުންގެ ޖީބަށްވަދެ ސަރުކާރު ހިންގުމުގެ ނަމުގައި ރައްޔިތުންގެ ޖީބު ފޫދުއްވާލައިފި އެވެ.

މިއީ ސިޔާސީ ބޭފުޅުންނަށް ރަންޒަމާނެކެވެ. ސިޔާސީ ބޭފުޅުންނަށް އަލިވިލެނީ ރަން ފަތިހަކަށެވެ. ހޮސްޕިޓަލްތަކާއި ކްލިނިކްތައް އަޅަން ލިބިވަޑައިގަންނަވަނީ ސިޔާސީ ބޭފުޅުންނަށެވެ. ރިސޯޓުތައް ހަދަން ފަޅުތަކާއި ފަޅުރަށްތައް ލިބިވަޑައިގަންނަވަނީ ސިޔާސީ ބޭފުޅުންނަށެވެ. ސަރުކާރުންނާއި ބޭރުގެ އެމްބަސީތަކުން ވަޒީފާ ލިބެނީ ސިޔާސީ ބޭފުޅުންގެ ބޭފުޅުންނަށެވެ. އާދައިގެ ރައްޔިތުން ވަޒީފާއެއް ނުލިބިގެން ޑިގްރީ ހިފައިގެން ދުވަން ޖެހެނީ ސިޔާސީ ބޭފުޅުންގެ ފަހަތްޕުޅުންނެވެ. ގައުމު ބަހައި ހުސްކޮށްލައިފިއެވެ. މިއީ ތަންފުކެއް ބޮޑުވަރު ނޫންތޯއެވެ؟ މި ގައުމާ މެދު ހަމަ ހޭގައި ތިއްބަވައި ވިސްނާވަޑައިގަންނަވަން ނުވޭތޯއެވެ؟

ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކަމަށް ސިޔާސީ ބަޔަކު ވާހަކަ ދެއްކިއަސް އާމުދަނީ އިތުރު ކުރުމަށާއި ދަރަނި މެނޭޖު ކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރާއްޖޭގެ ތަޖުރިބާކާރުންނާއި ބައިނަލް އަގުވާމީ އިދާރާތަކުން ދަނީ ބުނަމުންނެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ ރޯނު އެދުރުން ވިދާޅުވާގޮތުގައި ހީވަނީ ކޮވިޑާ ހަނގުރާމަކޮށް ދިވެހިރާއްޖެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި ވާހެންނެވެ. އަދި ޕާކިސްތާނާއި ސްރީލަންކާގެ ހާލަތަށް ރާއްޖެ ނުވެއްޓޭތީ، އެކަމާ ގުޅިގެން ”ދޭތެރެ ދުރުކުރުމުގެ އައްޑަނަ“ ރާއްޖެއާ ހަވާލުކުރަން ޖެހިފައި ވާހެންނެވެ.

ސިޔާސީ ރޯނު އެދުރުން ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާ އެއް ހަގީގަތަކީ ކްރޯނާ ވައިރަސްއަށް ރާއްޖޭގެ އެކިރަށްރަށަށް ދަތުކުރުމުގައި ދަތިތަކެއް ދިމާވެ ހީކުރިވަރަށްވުރެ އަވަހަށް އަދި ފަސޭހައިން އެ މުސީބާތުން ރާއްޖެ ސަލާމަތް ވިޔަސް އަދި އިގުތިސާދީ ހަރަކާތްތައް ފެށި، ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ދަރަނި ބޮޑުވުމާއި ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖެ އަށް ވެސް ބޮޑުތަނަކުން ކުރަމުންދާކަމެވެ. އެ ހަގީގަތް ގަބޫލުކޮށް ބޮޑެތި މަޝްރޫއުތަކަށް ކުރާ ޚަރަދު ކުޑަކޮށް، ދަރަނި މެނޭޖު ކުރަން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އިގުތިސާދީ މާހިރުން ދަނީ ބުނަމުންނެވެ. ކަން އެހެން އޮތުމުން ސިޔާސީ ލީޑަރުން މި ގައުމު ސަލާމަތްކުރައްވަން އެބަ ޖެހިވަޑައިގަންނަވައެވެ.

ރާއްޖޭގެ ދަރަނި ބޮޑުވާ ވާހަކަ ދައްކަނީ ސިޔާސީ މަގާމުތަކުގައި ނެތް މީސްމީހުންނެވެ. ރާއްޖޭގެ ދަރަނި ބޮޑުކަން ފާހަގަކޮށް އެކަމުގެ އިންޒާރުދީ ވިސްނައި ދެމުން ދަނީ އައިއެމްއެފް ފަދަ ދުނިޔޭގެ މުހިއްމު އިދާރާތަކުންނެވެ. އައިއެމްއެފުން ބުނެފައިވާ ގޮތުގައި ދަރަނީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ދުނިޔޭގެ މާލީ ބާޒާރުން ފައިސާ ލިބުން ދަތިވުމާއި، ފައިސާގެ އަގުބޮޑުވުމާއި ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ އިގުތިސާދު ދަށަށް ދިއުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ. އެކަމުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވަން ތިއްބެވީ ސިޔާސީ ބޭފުޅުންނެވެ. މާލީ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ތަންފީޒުކުރައްވަން ތިއްބެވީ ސިޔާސީ ބޭފުޅުންނެވެ. ވިސްނުންތެރިކަމާއެކު ދަރަނި މެނޭޖު ކޮށް، ސަބްސިޑީގެ އުސޫލުތައް ހަރުދަނާކޮށް ބޮޑެތި މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދު ކުޑަކޮށް މަޝްރޫޢުތައް ފަސްކޮށް ދައުލަތަށް ލިބޭ އާމުދަނީ ހެއު ގޮތުގައި ބޭނުންކުރުމަށް ތިއްބެވީ  ސިޔާސީ ބޭފުޅުންނެވެ. އެ ބޭފުޅުން މި ގައުމު ސަލާމަތްކުރައްވަން އެބަ ޖެހިވަޑައިގަންނަވައެވެ.

ސިޔާސީ ބޭފުޅުން ނަމުގައި ކުރައްވަމުން ގެންދަވަނީ ގައުމުގެ ހާލަތު ރަނގަޅު ކުރެއްވުމުގެ މަސައްކަތެވެ. ނަމަވެސް ހާލަތު ރަނގަޅު ވުމުގެ ބަދަލުގައި ގައުމު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރު މައްސަލަތަކެއްގެ ތެރެއަށް ގެނބި ޣަރަޤުވަމުންނެވެ. ރައްޔިތުންނަށް ދިރިއުޅުން ވަނީ ވޭނަކަށްވެ ނިކަމެތި ކަމާ ކުރިމަތިލާން ޖެހިފައެވެ. ރައްޔިތުންގެ ނަމުގައި  ސިޔާސީ ބޭފުޅުން ގެންދަވަނީ ލޯނުނަންގަވަމުންނެވެ. ގައުމު ހިންގަން ފައިސާ ޗާޕުކުރުމާއި ލޯނު ނެގުމާއި ބޮންޑް ވިއްކުން އާއްމުކަމަކަށް ވެއްޖެއެވެ. ސިޔާސީ ބޭފުޅުން ކަންތައް ކުރައްވާގޮތުން ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ އަދި ސިޔާސީ ބިންގަލަށް ގުޑުން އަތުވެއްޖެއެވެ. ސިޔާސީ ބޭފުޅުން ލޯފަންވެފައި ވާހެން ހީވާން ފަށައިފިއެވެ.

ގައުމުގެ ހާލަތު އޮތީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. ރައްޔިތުންނަށް ކުރިމަތިވަމުން ދަނީ މާ ވޭންދެނިވި ކަންތައްތަކެކެވެ. ރާއްޖޭގެ ޙާލަތާ ބެހޭގޮތުން މީހަކު ސުވާލުކޮށްފިނަމަ ބުނާނެ ތެދު ބަހެއް ނެތެވެ. ދުނިޔެ މާ ބޮޑަށް ކުރިއަރައިގެން ހިނގައްޖެއެވެ. ރާއްޖެ އޮންނަން ޖެހިފައި މިވަނީ މާ ބޮޑަށް ފަހަތުގައެވެ. ސްރީ ލަންކާ ބަނގުރޫޓުވުމަކީ ރާއްޖެއަށް ސަރަހައްދީ ޗެމްޕިއަންކަން ލިބުމެއް ނޫނެވެ. ޕާކިސްތާނު ބަނގުރޫޓު ވުމާ ދިމާއަށް ދަތުރު ކުރުމަކީ ރާއްޖެއަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބުމެއް ނޫނެވެ. ރާއްޖެއަށް ވުރެ މާ ފަހަތުގައި ތިބެން ޖެހޭ ބަނގްލާދޭޝާއި ބޫޓާނާއި ނޭޕާލު ހިންދެމިލައިފި އެވެ. ރާއްޖެ ރަސްރަސްކަލުންގެ ޒަމާނުގައި ވެސް އޮންނަން ޖެހުނީ އިންޑިއާގެ ވޯރާ ވިޔަފާރިވެރިންނަށް ވިކިފައެވެ. މިއަދުގެ ޖުމްހޫރީ ވެރިކަމާއި ފުރިހަމަ ޑިމޮކްރަސީގައި ވެސް ރާއްޖެ އޮންނަން ޖެހިފައި މި ވަނީ މޯދީގެ ސަރުކާރަށް ވިކިފައެވެ. އޭރުގެ ވެސް މައްސަލައަކީ ސިޔާސީ ވެރިންނެވެ. މިހާރުގެ މައްސަލައަކީ ވެސް ހަމަ ސިޔާސީ ރޯނު އެދުރުންނެވެ.

ސިޔާސީ ބޭފުޅުންނޭވެ! ދިވެހިރާއްޖެއާ މެދު އޯގާވެރިވެ ވަޑައިގަންނަވާށެވެ! ދިވެހި ރައްޔިތުންނަށް މިއަށްވުރެ ތަނަވަސް މިއަށްވުރެ އުފާ، ފާގަތި ދުނިޔެއެއް ދައްކަވާށެވެ! ތިޔަ ބޭފުޅުންގެ އަމިއްލަފުޅު މަންފާއަށް ޓަކައި މި ލޮބުވެތި ވަޠަން ފުނޑުފުނޑުކޮށް ނުލައްވާށެވެ!

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތީ ޕްރެޝަރު: ނަޝީދަށް ބޭނުންފުޅީ ބާރާއި ވެރިކަން

ކުރިއަށް އޮތީ ޕްރެޝަރު: ނަޝީދަށް ބޭނުންފުޅީ ބާރާއި ވެރިކަން

ފެބްރުއަރީ 2, 2023
ގައުމަށް ސިޔާސީ އަދި އިގުތިސާދީ ދަތިކަން: ލީޑަރޝިޕަށް އިމްތިޙާނެއް

ގައުމަށް ސިޔާސީ އަދި އިގުތިސާދީ ދަތިކަން: ލީޑަރޝިޕަށް އިމްތިޙާނެއް

ޖެނުއަރީ 20, 2023
މިވަގުތު ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫން: އައިއެމްއެފް

2023 ފެށިއްޖެ: ދެން މިގައުމަށް ވާނީ ކިހިނެއް؟

ޖެނުއަރީ 1, 2023
އާފަލަކުން ޖީއެސްޓީ ނުނެގި ނަމަވެސް ވިޔަފާރިވެރިޔާ އާފަލު ވިއްކާ އަގު ބޮޑު ކުރީ ކީއްވެ؟

އާފަލަކުން ޖީއެސްޓީ ނުނެގި ނަމަވެސް ވިޔަފާރިވެރިޔާ އާފަލު ވިއްކާ އަގު ބޮޑު ކުރީ ކީއްވެ؟

ޑިސެމްބަރ 12, 2022

Comments 1

  1. mooasa says:
    1 month ago

    rayithun heyluntherive mi party thakuge amilaedhumunfovefa thibimeehunkarin salamaivegen nooni raaje salamatheh nuvaane

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތުލުސްދޫއިން މީހަކު ކޯވިޑްއަށް ފައްސިވެއްޖެ

    ލޯންޗު އެކްސިޑެންޓެއް: ބައެއް ގުނަވަންތައް ވަކިވެ ލިބުނު އަނިޔާތަކާ ގުޅިގެން މީހަކު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މަޤާމުން އިސްތިއުފާ ދީ ޕާޓީން ވަކިވެއްޖެ

    0 shares
    Share 0 Tweet 0
  • ފަތުރުވެރިޔާ ނިޔާވި މައްސަލައިގައި ލޯންޗް ޑްރައިވަރު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ފިރިހެނެއްގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގައި، ބިރުދައްކައި، ފޭރުނު އަންހެނަކު ޖަލަށް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In