ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ތަރައްޤީ ގެނެސްދޭނަން، ސަރުކާރާއެކު ތިއްބަވާ: ރައީސް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 24, 2022
ޚަބަރު
0
ތަރައްޤީ ގެނެސްދޭނަން، ސަރުކާރާއެކު ތިއްބަވާ: ރައީސް

ތަރައްޤީއާއި ކުރިއެރުން ގެންނަން ބޭނުންވާނަމަ ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން އެއްކޮށް ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ދާންދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ރައްޔިތުން ބަލައިގަނެ، ވެރިކަން ހަވާލުކުރީ އުއްމީދުތަކެއް އޮވެގެންކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީވެސް އެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވަންކަމަށެވެ. އަދި މިއަދު ސަރުކާރަށް 4 އަހަރު ވެފައިވާއިރު، ރައްޔިތުންގެ ބޭނުންވި އެތައް ބަދަލުތަކެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

”ފުރަތަަމަ ކަމަކަށް އޭރު އޮތް ހަމަނުޖެހުން. ހަލަބޮލިކަން އިރާދަކުރެއްވިއްޔާ އޭރު އޮތްގޮތަށް މިހާރަކު ނެތް. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އެތައް ހައްގެއް އަނބުރާ ހޯދައިދެވިއްޖެ. ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމަކަށް ހުރަހެއް ނެތް މިހާރަކު. ނޫސްތަކުގައި އެދަނީ އެބޭފުޅުން ބޭނުންފުޅުވާ ހިޔާލުތައް ފާޅުކުރަމުން. ހާމަކުރަމުން. ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް އެ ދައްކަނީ ހުރަހެއް ނާޅަން. އަޅުގަނޑުމެންނަށް އެކަންކަން ބަލައިގަނެވޭ“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން މިވީ 4 އަހަރު ތެރޭގައި ރައްޔިތުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކަރަންޓާއި ބޯފެނާއި ނަރުދަމާ ޤާއިމްކުރުމާއި، ލަފާފުރުމާއި، ތައުލީމާއި، ސިއްހީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ތަނެއްގައި އުޅޭ މީހަކަށްވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ތަރައްޤީގެ އިތުރު އަމާޒުތަކަށްވެސް މިދައުރު ނިމޭއިރު ވާސިލުވެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”މި ދައުރު ނިމޭއިރު ރާއްޖޭގައި ލަފާފުރުމުގެ ދަތިތަކަން އޮތް އެއްވެސް ރަށެއް ނޯންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން“ ރައީސް ވިދާޅުވިއެވެ.

ދާންދޫއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށަށް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް މިހާރުވެސް 12 މަޝްރޫޢެއް ކުރިއަށްދާކަމަށެވެ. އެގޮތުން 185 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ބިން ހިއްކުން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބެންކެއްގެ ހިދުމަތް ރަށަށް މުހިއްމުކަމަށާއި، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ދާންދޫގައި ބެންކެއްގެ ހިދުމަތް ދިނުމަށް އަމަލީ މަސައްކަތް ފަށާނެކަމަށެވެ. އަދި ރަށުގައި ދޯނި އެހެލާ، ދޯނި މަރާމާތުކުރާނެ ތަނެއްވެސް ހެދިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރަށުގެ ސިއްހީ ހިދުމަތް އިތުރަށް ތަރައްޤީކުރުމާއި، އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ގިނަ ހައްލުތަކެއް ލިބިގެންދާނެކަމަށެވެ. މިގޮތުން މަސްކިރުމަށް މިފްކޯއަށް ބޮޑެތި ބޯޓުތަކެއް ގެންނަން ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފެނަކައިން ކްރެޑިޓަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެސްޓީއޯއިން މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދިނުމާއި، ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އަދިވެސް ބޭނުންވާ ކަންކަން ހުންނާނެކަމަށާއި، ގައުމު ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން އެކުގައި ތިއްބަވާނަމަ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމަށެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

4 ކިލޯގެ ޑްރަގާއެކު 5 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ގާނޫނުގައި ނެތުމުން ދޫކޮށްލައިފި

މާރޗް 21, 2023
ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ފައިޙް ހޯދާތާ މަސް ދުވަސް ފަހުން އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރޗް 21, 2023
ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

ރައީސް ކޯލިޝަން ޕާޓީތަކާ ބައްދަލުކުރައްވައިފި

މާރޗް 21, 2023
ހަނދު ސާބިތުކުރުމުގެ ޖަލްސާ ހުކުރުދުވަހުގެރޭ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

މާރޗް 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In