ބުދަ, މާރޗް 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފަށައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 23, 2022
ދީން
0
ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފަށައިފި

ގުރުއާން ފެސްޓިވަލަކާއެކު، ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ ކިންގް ސަލްމާން މިސްކިތުގައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވަމުން އަންނަނީ 1980ވަނަ އަހަރުން ފެށިގެންނެވެ. 1984ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އައިސްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. 22 އަހަރަށް ފަހު، މި މުބާރަށް ބޭއްވުން، ކިންގް ސަލްމާން މިސްކިތަށް މިވަނީ ބަދަލުކޮށްފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 35ވަނަ މުބާރާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ނައިބު ރައީސް ވަނީ މިމުބާރާތާއި އެކުއެކީގައި ކުރިއަށްދާ ޤުރުއާން ފެސްޓިވަލް ”މަޚުރަޖާނުލް ޤުރުއާން“ފެސްޓިވަލްވެސް ހުޅުއްވައިދެއްވާފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު މުބާރާތެވެެ. މިފަހަރުގެ މުބާރާތުގައި 121 މުއައްސަސާއަކުން 1022 ބައިވެރިން ޤުރުއާން ކިޔަވާނެއެވެ.

މުބާރާތް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، މި މުބާރާތަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި މުޖުތަމަޢުގައި އިތުރުކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މިފަދަ މުބާރާތެއްގެ އެންމެ ބޮޑު ބޭނުމަކަށްވާންވާނީ، ޤުރުއާން ކިޔަވާ، ޤުރުއާނުގެ ޢިލްމު އިތުރުކުރުންކަމަށެވެ.

ޤުރުއާނަކީ ދިރިއުޅުން ބައްޓަންކުރަންވީ ގޮތް ބުނެދޭ ފޮތްކަމަށާއި، ކިޔެވުމުގެ އިތުރުން ޤުރުއާނުގެ އިލްމު ފެތުރުމަށް މިފަހަރުގެ މުބާރާތުގައި ޚާއްސަ އިސްކަމެއް ދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މުބާރާތާއެކު ކުރިއަށްދާ ޤުރުއާން ފެސްޓިވަލަކީ، މިކަން ވަރަށް ފުރިހަމައަށް ފެންނަ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަހަރަމެއް އުޅެންވީ ގޮތް ޤުރުއާނުން ބުނެދެނީ. ޤުރުއާން ކިޔަވާ، ޤުރުއާނަަށް ލޯބިކުރާ، މާނަ އޮޅުންފިލުވާ އެ މަގުން އުޅޭބަޔަކަށް އަހަރަމެން ވާންވީ.“ ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ. އެގޮތުން މިސްކިތްތައް ބިނާކުރުމާއި، ދިނީ ޕްރޮގްރާމްތައް އިތުރުކުރުމާއި ރަމަޟާންމަހު ހިންގާ ދީނީ ޕްރޮގްރާމްތައްވެސް އަތޮޅުތަކަށް ފުޅާކޮށްފައިވާކަމަށެވެ. އަދި ހުކުރު ޚުޠުބާވެސް، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް އަލިއްއަޅުވާލާ ގެނެސްދެމުންދާކަމަށެވެ.

ކީރިތު ޤުރުއާނާ ބެހޭ މަރުކަޒާއި ހަވާލުވެ ހުންނެވި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ މަރުކާޒު ހިންގާނެ ޖާގަ ސަރުކާރުން ކިންގް ސަލްމާން މިސްކިތުގައި ހަމަޖައްސައިދެއްވުމާއެކު މަރުކަޒުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އެގޮތުން ކްލާސްރޫމްތަކުގެ ތަނަވަސްކަމާއި، ކްލާސްތައް އިތުކުރުމާއި، ޤުރުއާނުގެ ޢިލްމު އުންގަންނައިދިނުމުގެ އާ ގޮތްތައްވެސް ފެށުމަށް ތައްޔާރުވަމުންދާކަމަށް އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

”ލޯފަން ކުދިންނަށް ބްރައިލް ބޭނުންކޮށްގެން ކިޔަވައިދިނުމަށް، އެކަމަށް ބޭނުންވާ މުދައްރިސުން ތަމްރީން ކުރަން ފަށައިފިން. ވަރަށް އަވަހަށް މިގޮތަށް ކިޔަވައިދޭން ފެށޭނެ.“ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

މިފަހަރުގެ މުބާރާތުގައި ސްކޫލްތައް، އަތޮޅުތަކުގެ ކައުންސިލްތައް، ކްލަބް ޖަމިއްޔާ ޖަމާތްތައް، ކުންފުނިތައް ޤުރުއާން ކްލާސްތައް، މުއައްސަސާތައް އަދި އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކާއި ޙާފިޡުން ޤުރުއާން ކިޔަވާނެއެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 600 ބައިވެރިން، ނުބަލާ ކިޔެވުމުގެ ގޮފީގައި 409 ބައިވެރިން، އަދި 13 ޙާފިޡުންގެ ހުށައެޅުން އޮންނާނެއެވެ.

މުބާރާތުގެ ކިޔެވުން 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ދީނުގެ މެދުމިނުން ކައްސައިލައިފިނަމަ، ފިތުނައިގެ ކަނޑަށް ޣަރަޤުވެދާނެ: ޚުޠުބާ

އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން – ހުކުރު ޚުތުބާ

މާރޗް 17, 2023
މާޔޫސް ނުވާށެވެ! މިއީ އިމްތިޙާނެކެވެ!

މާޔޫސް ނުވާށެވެ! މިއީ އިމްތިޙާނެކެވެ!

މާރޗް 17, 2023
ހުކުރު ދުވަހާއި ހުކުރު ނަމާދު

ހުކުރު ދުވަހާއި ހުކުރު ނަމާދު

މާރޗް 10, 2023
ދަރިންގެ ހިތުގައި އިންދަންޖެހޭ އެންމެ މާތް އޮށަކީ ކޮބާ؟

ދަރިންގެ ހިތުގައި އިންދަންޖެހޭ އެންމެ މާތް އޮށަކީ ކޮބާ؟

މާރޗް 3, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In