ބުދަ, ޑިސެމްބަރ 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދެން ވެސް ވެރިކަމަށް ގެންނަންވީ ރައީސް ސޯލިހު – ޝާހިދު

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 23, 2022
ޚަބަރު
0
ދެން ވެސް ވެރިކަމަށް ގެންނަންވީ ރައީސް ސޯލިހު – ޝާހިދު

ފޮޓޯ: މިހާރު

ޤައުމަށް އަމާން އަދި ހަމަޖެހޭ ވެރިކަމެއް ބޭނުންނަމަ ދެން ވެސް ވެރިކަމަށް ގެންނަންވީ ރައީސް ސޯލިހު ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

ADVERTISEMENT

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބަށް ރައީސް ސޯލިހުގެ ކެމްޕޭން ފެށުމަށް، ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙުގެ ވެރިކަމުގައި އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރައްޔިތުން ރަށު ބަންދުން ފިލުވައިދީ، ޒުވާން ޖީލެއް ހަލާކުވުމުން ސަލާމަތްކޮށްދީފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، މިހާރު ޒުވާނުން މަތީ ތަޢުލީމު ޙާސިލުކުރުމަށް އަތުން އެންމެ ފައިސާއެއް ވެސް ނުދާނެ ކަމަށެވެ. އަދި އެ ސްކީމްގެ ދަށުން 15،000 ދަރިވަރުން މިހާރުވެސް ތަޢުލީމު ޙާސިލުކުރާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މީގެ ކުރިން އެ ފައިސާ ވަނީ ކޮންތާކަށްތޯ ސުވާލުކުރައްވާފައެވެ.

”ކުދިންނަށް ކިޔަވައިދޭން ހުރި ފައިސާ ކުރިން ޚަރަދުކުރީ ކޮންތާކަށްތޯ؟ ހެންވޭރު ކޮޅުގައި އެހެރީ ނަގާފައި ހުރި ގެ. އެތަނަށް ދިޔައީ، އެއީ އޭއްޗެހި ގެންދިޔަ ތަނަކީ. ތިބޭފުޅުންނަށް އޮޅިވަޑައިގެން ނޫޅުއްވާ. ފެލާލައިފިއޭ ނޯޅާލައިފިއޭ ކިޔާ ޖަލްސާ ބާއްވާނެ ކަމެއް ނެތް. ދިވެހި ރައްޔިތުންނަށް އެނގޭ ފެލާލީ ކޮންބައެއްކަން“ ޝާހިދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ޚިޔާނާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ސަރުކާރުން ދައުލަތުގެ ފައިސާއަށް ހަދާ ގޮތެއް ނޭނގޭ ކަމަށް ބުނެ އެކި ކަހަލަ ތުހުމަތުތައް އިދިކޮޅުން ކޮށް، ފައިސާއަށް ވީގޮތް ހޯދަން ކަމަށް ބުނެ މަސައްކަތްކުރާއިރު މިހާރު އެ ބޭފުޅުންނަށް ފައިސާ ނުފެންނަނީ އެ ފައިސާ ރައީސް ސޯލިހު ރައްޔިތުންނަށް ޚަރަދުކުރައްވާތީ ކަމަށެވެ.

އެގޮތުން އިދިކޮޅުގެ ވެރިކަމުގައި ހިންގި ކޮންމެ މަޝްރޫޢަކީ އޭގެތެރޭގައި ކޮރަޕްޝަނާއި، އަމިއްލަ މަންފާ ހިމެނިފައިވާ މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

”ފައިސާއަށް ވީގޮތް އެނގޭނީ އެބޭފުޅުންނަށޭ އެބޭފުޅުންނޭ އެއްޗެހި ނަންގަވައިގެން ޖީބަށް ޖައްސަވައިގެން ތިއްބެވީ. ނޭނގިގެން މިއުޅެނީ މިހާރު ރައްޔިތުންނަށް އެފައިސާ ދާތީ. މާފަންނު ކޮޅުގައި ދައްކާލީ ދެ ޓަވަރު، އެއް ޓަވަރު އިޅާލާފައި ފަހަތަށް. މިއީ ކަންތައް ހުރި މިންވަރު“ ޝާހިދު ވިދާޅުވިއެވެ.

ކުރިއަށް އަނެއްކާވެސް ރިޔާސީ އިންތިޚާބެއް އޮތްކަން ހަނދާންކޮށްދެއްވާ ޝާހިދު ވިދާޅުވީ، ވެރިކަމުގެ މިހާތަނަށް އައި އިރު ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑެތި ކުރިއެރުމާއި، ތަރައްޤީ ގެނެސްދީފައި ވަނީ ރައީސް ސޯލިހު ކަމަށެވެ. އަދި ދެން ވެސް އަމާން، ސުލްހަވެރި ވެރިކަމެއް ޤައުމަށް ބޭނުންނަމަ ކުރިއަށް އޮތް ދައުރަށް ވެސް ރައީސް ސޯލިހު އިންތިޚާބުކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަބްދުﷲ ޝާހިދުއެމްޑީޕީއެމްޑީޕީ ރިޔާސީ ޕްރައިމަރީއެމްޑީޕީ ޕްރައިމަރީ

ގުޅުންހުރި ލިޔުންތައް

ރާއްޖެ ޓީވީ އަށް ހެލިކޮޕްޓަރު ދިނީ އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި

އިންޑިއާއާއެކު ރާއްޖެއިން ހެދި 100 އަށްވުރެ ގިނަ އެއްބަސްވުން އަދި ދިރާސާކޮށް ނުނިމޭ: ރައީސް

ޑިސެމްބަރ 5, 2023
މަޖިލިސް އިންތިޚާބުގައި 5 ދާއިރާއަކަށް ވާދަކުރުމާމެދު އަދާލަތުން ގޮތެއް ނިންމަނީ

ކުރިއަށް ހުރި އިންތިޚާބުތަކުގައި ގުޅިގެން މަސައްކަތް ކުރަން އެމްޑީޕީއާއި އަދާލަތުން މަޝްވަރާ ކޮށްފި

ޑިސެމްބަރ 5, 2023
ރާއްޖެއާއި ޗާގޯސްއާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރު މައްސަލައިގެ ހުކުމް ކުރުން މި މަހު 28ގައި

ޗާގޯސް މައްސަލައާއި އިޒްރޭލު ޕާސްޕޯޓު މައްސަލަ ކެބިނެޓާ ހަމައަށް ގެންނާނަން: ރައީސް

ޑިސެމްބަރ 5, 2023
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދި މުޅިން ސާފެއް ނުވޭ: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދި މުޅިން ސާފެއް ނުވޭ: ރައީސް

ޑިސެމްބަރ 5, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަބީޝޭކްއާއި އައިޝްވާރިޔާ ވަރިވަނީ؟

    އަބީޝޭކްއާއި އައިޝްވާރިޔާ ވަރިވަނީ؟

    0 shares
    Share 0 Tweet 0
  • ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ތެޔާޅީސް ވަނަ ބައި

    0 shares
    Share 0 Tweet 0
  • ގިނަގިނައިން ކާންވީ ފިޔާ

    0 shares
    Share 0 Tweet 0
  • މިސްކިތްތަކުން ފައިިވާން ވަގަށް ނަގާ މީހަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In