ރައްޔިތުން މަޖިލީހުގެ ހެންވޭރު މެދު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާ ދެ ބޭފުޅުން ސައިކަލު ބުރުޖައްސަވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ޢާންމުވެއްޖެއެވެ.
މީސްމީޑިއާގައި ޢާންމުވެފައިވާ އެއް ފޮޓޯއިން ފެންނަނީ ރައީސް މުޙައްމަދު ނަޝީދު ފެކްޝަނުގެ އިސް ބޭފުޅެއްކަމަށްވާ މެންބަރު އާޒިމް ސައިކަލުގައި އިންނަވާއިރު ކައިރީގައި ޝަރީފް ކޮޅަށް ހުންނަވަނިކޮށެވެ. ދެން ޢާންމުވެފައިވާ ފޮޓޯއިން ފެންނަނީ އާޒިމާއި ޝަރީފާ ދެ ބޭފުޅުން ސައިކަލުގައި ވަޑައިގަންނަވާ މަންޒަރެވެ.
ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނޭ އިސް ބޭފުޅެއްކަމަށްވާ ޝަރީފް މެންބަރު އާޒިމާ އެއްކޮށް ވަޑައިގަތީ ކޮން ތަނަކަށް ކީއްކުރައްވަން ކަމެއް އަދި ސާފެއް ނޫނެވެ. ޢާންމު ދިރިއުޅުމުގައި ވެސް އެ ދެ ބޭފުޅުންނަކީ އެއްކޮށް އުޅުއްވާ ބޭފުޅުންނެއް ނޫނެވެ.