ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޝަފީޤް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައިއަތު ހިއްޕަވައި ”ހިންގައިލާ“ ފެކްޝަނާ ގުޅިވަޑައިގެންފިއެވެ.
މެންބަރު ޝަފީޤު މީގެކުރިން ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް އަރިސް މެންބަރެއްގެ ގޮތުގައެވެ.
އަދި ސިޔާސީ ދާއިރާގައި ޚާއްސަކޮށް ބަރުލަމާނީ ހުވަފެން ސީދާ ކުރުމަށް ރައީސް ނަޝީދު ހިންގެވި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް، ވެލިދޫ ދާއިރާއިން ލިބިފައިވާ ތާއީދު ފޯމްތައް ޞާލިޙްގެ ކެމްޕޭން މެނޭޖަރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
އެއާއެކު އޭނާ ވަނީ އެ މަންޒަރުތައް ފެންނަ ފޮޓޯތައް ވެސް ޓްވިޓާގައި ހިއްސާކުރައްވައިފައެވެ.
ވަރިވުމަކީ ދެމަފިރިންގެ ދެމެދު ހިނގާ ކަމެއް. މިފަދަ ބަސް ފިރިހެނަކާ ފިރިހެނަކާ އަޅުވާ ބުނުމަކީ އަދަބާޚިލާފު ކަމެއް.