އެއްވެސް އިންތިޚާބަކާ ގުޅިގެން މުވައްޒަފުންނަށް ބިރު ނުދައްކާކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއް ނުވަތަ އެއްވެސް އިންތިޚާބަކާ ގުޅުވައި ސަރުކާރުގެ އިދާރާތަކުގެ އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ސަރުކާރުން ބިރެއް ނުދައްކާނެ ކަމަށެވެ.
އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ސަރުކާރަށް ތުހުމަތުތައް ކުރަމުންދާކަމަށް ފާހަގަކޮށްލެވެއެވެ. މިދިޔަ ޗެއާޕާސަން އިންތިޚާބުގައި އަދި ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި ވެސް ސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދެއްކި ކަމަށް ޚަބަރު ލިބިފައިވެއެވެ.