މި ހަފުތާގެ ބަންދުގައި ރައީސުލްޖުމްހޫރިއްޔާޥއިބްރާހިމް މުޙައްމަދު ޞާލިޙް ގއ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެކަން ހާމަކުރެއްވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިޙް މާދަމާ ގއ. ދާންދުއާއި ނިލަންދުއާއި މާމެންދުއަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ.
އެ ގޮތުން އެ ތިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި އެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތައް ބައްލަވައިލައްވައި ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.