ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދުއަށް ނިސްބަތްވާ ޢުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފައެވެ. އެ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ހާދިސާ ރިޕޯޓު ހިމެނެއެވެ.