އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އެވެ.
އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި ވަނީ ހާއްސަ ރަސްމިއްޔަތެއް ބާއްވާފައެވެ .މި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އާ އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު އެވެ.
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތިން ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ. އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާ އަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެދަށުގައިވާ ސްކޫލްތަކެވެ.