މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ މީހުން ބިނާކުރުމުގައި މަސައްކަތުގެ ހުނަރު ފޯރުކޮށްދިނުމުގައި މިސަރުކާރުން މި ކުރާ މަސައްކަތްތަކަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަ
ވަޒީފާގެ މަސައްކަތަށް ބޭނުންވާ ތައުލީމާއި ހުނަރު އެއީ ރާއްޖެއަށް ބޭނުންވާ އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި މި މަސައްކަތުގެ ތައުލީމާއި ހުނަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރެވޭ އުމުރުފުރާގެ އެންމެނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި ޕޮލިޓެކްނިކުން ކުރަނީ އެމަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުގެ ތަފާތު ޕޮލިސީތައް ވެސް އެކުލަވާލަނީ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ދަސްކޮށްދީގެން ދިރިއުޅުމަށް މަގުފަހިކޮށްދެވޭތޯ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހުނަރުވެރި ދިވެހިން އެބަތިބިކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ނަމަވެސް ސަނަދެއް ނެތުމުން ގޮންޖެހުންތައް ކުރިން ކުރިމަތިވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ރަސްމީ ތައުލީމުގެ ދާއިރާއަށް ނުވަދެ ސަނަދެއް ހޯދުމުގެ ފުރުސަތު ފޯރުކޮށްދީފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި ބޭނުންވާ ދާއިރާތައް ދެނެގަންނަން މުހިންމު ކަމަށާއި ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށްޓަކައި ފަހިކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދިނުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ހުނަރު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތުލުސްދޫ، ރ. އަލިފުށި، ނ. ކެނދިކުޅުދޫ، ހއ. ދިއްދޫގެ މަސައްކަތްތައް ފެށިފައިވާކަމަށާއި އެރަށްރަށުގެ ރައްޔިތުންނަށް އެކަމުގެ އިހުސާސް ވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.