ދުނިޔެެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގެ އިގުތިސާދު ވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފައި ކަމަށާއި ރާއްޖެ އެ މަގުން ނުގޮސް މިއޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ރައީސް ޞާލިޙަކީ ގައުމަށް ދިމާވި ބޮޑެތި މައްސަލަތައް ހައްލުކުރަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ކެރިގެން އެޅުއްވި ބޭފުޅެއް ކަމަށެވެ. ކޮވިޑުން އަރައިގަތުމަށް ވެސް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ކެރިގެން އެޅުއްވި ކަމަށާއި އިގުތިސާދު އާރާސްތުކުރުމަށް ދަތި އުނދަގޫ ކިތަންމެ ފިޔަވަޅެއް އެޅުއްވި ކަމަށެވެ.
އިގުތިސާދީ ގޮތުން ލަންކާ, ގާނާ ދިޔަ މަގުން މި ދަތި ތިން އަހަރު ރާއްޖެ ނުގޮސް މިއޮތީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި ރައީސް ޞާލިޙަށް ދެވަނަ ދައުރަކަށް ތާއީދުކުރައްވަނީ އެހެންވެ ކަމަށެވެ.
ބަލަމާވޯޓާ އަހަރުމެން ބަޑަށް މިޖެހެނީ ތިބުނާ ރައީސްގެ ހަރުދަނާ ވިސްނުމާ ށިޔާސަތުގެ ސަބަބުން