ލ.ގަމުގައި އިމާރަތްކުރަން ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
ބިންގާ އަޅުއްވައިދެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމާއި އެ ރަށު ކައުންސިލު މެންބަރުންނެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 84 މިލިއަން ރުފިޔާއެވެ.
ވިސާމް މިރޭ ވިދާޅުވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ލ.ގަމުގައި ހައުސިން ޔުނިޓް ގާއިމުކުރުމަށް ބިންގާ އަޅައި ހަމައެކަނި ކަޑަޖެހީ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 100 ހައުސިން ޔުނިޓް ޕްރޮޖެކްޓް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.