ހަތް ރަށެއްގެ ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތަށް ބިޑަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ށ.ގޮއިދޫ، ށ.ކަނޑިތީމު، ހއ.މޮޅަދޫ، ށ.މާއުނގޫދޫ، ނ.ކުޑަފަރީ، ނ.ފޮއްދޫ އަދި މ.ނާލާފުށި ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވައިލާ ކަމަށެވެ.
ބިޑު ސެކިއުރިޓީގެ އަދަދަކީ ކޮންމެ ސިއްހީ މަރުކަޒަކަށް 125000 ރ. އެވެ.
ކޮންމެ ބީލަމެއްގައި 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އިން 17 ޖަނަވަރީއަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
ބިޑުތައް ހުޅުވުން އޮންނާނީ އަންނަ ޖަނަވަރީ 22 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.