މޫސުމާބެހޭ ޤައުމީ އިދާރާއިން ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ ވ .އަތޮޅުން ފެށިގެން ލ .އަތޮޅުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުތަކަށް މިއަދު މެންދަމު 02:00 އިން ހެދުނު 07:00 އަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ރައްކާތެރި ކަމާއި އެކު ކަނޑު ދަތުރުތައް ކުރުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.