ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، އިކޮނޮމިކް ރިސާޗް ސެންޓަރެއް (އީ.އާރް.ސީ) ) އިފްތިތާހުކޮށްފިއެވެ.
މި ސެންޓަރު ގާއިމްކުރެވިގެން ދިޔައީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް އާއި މިނިސްޓްރީއާ ދެމެދު ފެބުރުވަރީ 2022 ގައި ސޮއިކުރެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ފޯރުކޮށްދެއްވާފައިވާ ފަންނީ އެހީތެރިކަމާއެކުގައެވެ.
އިކޮނޮމިކް ރިސާރޗް ސެންޓަރުގެ އަމާޒަކީ، ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ތަފާސްހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބޮޑު ބަދަލެއް ގެނައުމެވެ.