އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޓްރަމްޕުގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރަނީ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 22, 2022
ދުނިޔެ
0
ޓްރަމްޕުގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލުމަށް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ލަފާދީފިއެވެ.

މި ކަމަށް ލަފާދީފައި ވަނީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ހުންނަ ކޮންގްރެސްގެ ޢިމާރާތަށް ދިން ހަމަލާގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޚާއްޞަ ކޮމިޓީންނެވެ.

2021 ޖަނަވަރީ 6ވަނަ ދުވަހު ކޮންގްރެސްއަށް ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ޓްރަމްޕު ކަމަށް ކޮމިޓީން ޤާބޫލު ކުރެއެވެ. އަދި، ޓްރަމްޕުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައި ވަނީ، އޭނާގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ވެސް ކޮމިޓީން ތުހުމަތު ކުރެއެވެ.

ޓްރަމްޕުގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލުމަށް ކޮމިޓީން ގޮވައިލާފައި ވަނީ، ހަމަނުޖެހުން ހިންގައި ބަޣާވާތެއް ކުރަން މަސައްކަތް ކުރުމުގެ ތުހުމަތާއި، ކޮމިޓީގެ ތަހުޤީޤަށް ހުރަސް އެޅުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. މި ދަޢުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ޖަލު ހުކުމެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްއަށް ހަމަލާ ދީފައި ވަނީ، 2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. އަދި، އޭނާގެ ސަޕޯޓަރުން މަސައްކަތް ކޮށްފައި ވަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ ފާސް ކުރުމަށް ހުރަސް އެޅުމަށެވެ. މި ހަމަނުޖެހުންތަކުގައި ފަސް މީހުން މަރުވިއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

ޖަނަވަރީ 6ގެ މައްސަލަ ބަލަމުން ދަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއާއި ރައީސް ޖޯ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަކުންނެވެ. ޓްރަމްޕުގެ މައްޗަށް ދަޢުވާ އުފުލުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއަށް އިރުޝާދު ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

”އެ ފަދަ ހާލަތެއްގައި، އެ ފަދަ ނާތަހުޒީބު އަމަލުތަކެއް ހިންގި މީހަކު މި ޤައުމުގެ ވެރިކަމާ ހަވާލުވުމުގެ ފުރުޞަތު ދެވަނަ ފަހަރަކަށް ނުދެވޭނެ،“ ކޮމިޓީގެ ރައީސާ ލިޒް ޗޭނީ ވިދާޅުވިއެވެ. ޓްރަމްޕުގެ މައްޗަށް ދަޢުވާ އުފުލުމަށް ކޮމިޓީން އިރުޝާދު ދީފައިވީ ނަމަވެސް، އެ ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ ޖަސްޓިސް ޑިޕާޓްމަންޓުގެ އަތްމަތީގައެވެ.

ޖަނަވަރީ 6ގެ މައްސަލައިގެ ތަހުޤީޤެއް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ހިންގަމުންދާ މި ދަނޑިވަޅުގައި، ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ދަނީ އެ ހާދިސާގެ މިނިވަން ތަހުޤީޤެއް ހިންގަމުންނެވެ. މި ތަހުޤީޤުގެ ކަންކަން ވިލަރެސް ކުރުމުގެ މަސައްކަތް އެމެރިކާގެ އެޓަރނީ ޖެނެރަލް މެރިކް ގާލެންޑް ހަވާލު ކުރައްވާފައި ވަނީ ސްޕެޝަލް ޕްރޮސިކިއުޓަރ ޖެކް ސްމިތްއާއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، މިއީ އެމެރިކާގެ ރައީސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް އެދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ލަފާ އަރުވާފައިވާ ފުރަތަމަ ފަހަރުކަމެވެ. އަދި، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިޢުލާނު ކުރައްވާފައިވާ ޓްރަމްޕުގެ ކެމްޕޭނަށް ވެސް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.

ގުޅުންހުރި ލިޔުންތައް

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މާރޗް 25, 2023
އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

މާރޗް 25, 2023
ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

މާރޗް 25, 2023
ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

މާރޗް 25, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In