އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މަނަވަރު ފެތުނު ހާދިސާގައި މަރުވި ފަޅުވެރިންގެ ހަށިގަނޑު ފެނިއްޖެ

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ޑިސެމްބަރ 22, 2022
ދުނިޔެ
0
މަނަވަރު ފެތުނު ހާދިސާގައި މަރުވި ފަޅުވެރިންގެ ހަށިގަނޑު ފެނިއްޖެ

ތައިލެންޑުގެ އަސްކަރީ މަނަވަރެއް ދިޔަވެ، ފެތުނު ހާދިސާގައި ގެއްލުނު 31 މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި އެ ޤައުމުގެ ކަނޑުގެ ސިފައިން ބުނެފިއެވެ.

އެޗް.ޓީ.އެމް.އެސް. ސުކްހޮތައި ފެތުނު ހާދިސާގައި ކަނޑުވި ފަޅުވެރިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެއް ފަޅުވެރިއަކު ވަނީ ސަލާމަތް ކުރެވިފައެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ދެކުނުއިރުމަތީގައި އޮންނަ ގަލްފް އޮފް ތައިލެންޑުގައި މަނަވަރު ދަތުރު ކުރަމުން ދަނިކޮށެވެ.

މި ހާދިސާގައި ކަނޑުވި މީހުން ހޯދުމަށް ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތަކުގެ އިތުރުން އެހެން މަނަވަރުތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް 76 މީހަކު ސަލާމަތް ކުރެވިފައިވާއިރު، އަދިވެސް 23 ފަޅުވެރިން ނުފެންނަ ކަމުގައި އޮފިޝަލުން ބުނެއެވެ. މި ހާދިސާ ހިނގި ވަގުތު މަނަވަރުގައި ޖުމުލަ 106 ފަޅުވެރިން ތިއްބެވެ.

ތައިލެންޑުގެ އަސްކަރިއްޔާއިން ބުނީ އެޗް.ޓީ.އެމް.އެސް. ސުކްހޮތައި ދިޔަވާން ފަށާފައި ވަނީ ތައިލެންޑުގެ އައްސޭރިފަށުން 20 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމުގައެވެ. މަނަވަރު ދިޔަވާން ފެށީ، އެ ސަރަޙައްދުގައި ނަގަންފެށި ބިޔަ ރާޅުތަކެއްގެ ސަބަބުން ކަމުގައި ވެސް އަސްކަރިއްޔާއިން ބުނެއެވެ.

ކަނޑުން ފެނުނު ހަ ފަޅުވެރިންގެ ހަށިގަނޑު މިހާރު ވަނީ އެ ސަރަޙައްދުގައިވާ އަސްކަރީ މަރުކަޒަކަށް ގެންގޮސްފައެވެ. މި ހާދިސާގައި ގެއްލުނު އެންމެން ސަލާމަތް ކުރެވެންދެން، ނުވަތަ އެންމެންގެ ހަށިތައް ފެންނަންދެން، އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށްގެންދާނެ ކަމުގައި ރޯޔަލް ތައި ނޭވީގެ ކޮމާންޑަރު ޗޮންގްޗައި ޗޮމްޗޮންގްޕަތު ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތަކީ، ޢާންމުކޮށް މަނަވަރުގައި ތިބޭ ފަޅުވެރިންގެ އަދަދަށްވުރެ އިތުރަށް ސިފައިން ތިބި ވަގުތެއް ކަމަށާއި، އެ މީހުން މަނަވަރުގައި ދަތުރުކުރަމުން ގޮސްފައި ވަނީ، ތައިލެންޑުގެ ކަނޑުގެ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މަނަވަރުގައި ދަތުރުކުރަމުންދިޔަ ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޕްރަޗުއަޕް ކިރީ ޚާން ޕުރޮވިންސުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އެ މީހުންގެ ޢާއިލާތަކުން ވަނީ ޖަމާވެފައެވެ. ނަމަވެސް، އެ ސަރަޙައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. މޫސުން ރަނގަޅުވުމުން، ޑައިވަރުންގެ ޓީމުތަކުން އެ ސަރަޙައްދުގެ ކަނޑުއަޑި ބަލައި ފާސްކުރަން ފަށާނެ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ މަނަވަރުގެ އިލެކްޓްރޯނިކް ނިޒާމަށް ގެއްލުންތަކެއް ލިބުމުގެ ސަބަބުން ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ޤަބޫލު ކުރެއެވެ. އަދި، އެ ކަން ކަށަވަރު ކުރުމަށް މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ. މަނަވަރު ދިޔަވާން ފެށުމުން، ދިޔަހިއްކަން ފަޅުވެރިން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެ ކަން ކާމިޔާބުވެފައި ނުވާ ކަމުގައި ވެސް އަސްކަރިއްޔާއިން ބުނެއެވެ.

މި ހާދިސާ ހިނގި ސަރަޙައްދުގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގޯސްވާނެ ކަމަށް ތައިލެންޑުގެ މުސުމާ ބެހޭ އިދާރާއިން އިންޒާރު ކުރެއެވެ. އަދި، އެ ސަރަޙައްދުން ދަތުރު ނުކުރުމަށް، އެ އިދާރާއިން ވަނީ ކުދި ބޯޓުފަހަރަށް އިލްތިމާސް ކޮށްފައެވެ. އެޗް.ޓީ.އެމް.އެސް. ސުކްހޮތައިއަކީ 1987 ވަނަ އަހަރު ބަނދެފައިވާ މަނަވަރެކެވެ.

ގުޅުންހުރި ލިޔުންތައް

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ އިމާރާތެއްގައި ޖެހި ވެއްޓިއްޖެ

މާރޗް 25, 2023
އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

އިންޑިއާގެ ދަހިވެތި މަޔަކު ކުޑަ ދަރިފުޅު ވިއްކާލައިފި

މާރޗް 25, 2023
ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

ރަމަޟާންމަހު ނަމާދު ގަޑިތަކުގައި ހިލޭ ޕާކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

މާރޗް 25, 2023
ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

ސޫރިޔާއާއެކު ޚާރިޖީ ޚިދުމަތްތައް ޤާއިމުކުރަނީ

މާރޗް 25, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In