ރ.އަލިފުށީ ކައުންސިލުގެ އިހުތިޞާޞްގައި ހިމެނިފައިވާ އެއްތިންގިލި އެ ކައުންސިލުގެ އިހުތިޞާޞުން ވަކިކޮށްފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނެރުއްވި ގަރާރެއްގައި ވިދާޅުވީ 2020 ވަނަ އަހަރުގެ މާޗު 08 ގައި ކަނޑައަޅާފައިވާ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިހުތިޞާޞަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން އަލިފުށީގެ އިހުތިޞާޞްގައި ހިމެނިފައިވާ އެއްތިންގިލި އެ ކައުންސިލުގެ އިހުތިޞާޞުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
އެއްތިންގިއްޔަކީ އަލިފުށީގެ އިހުތިޞާޞްގައި ހިމެނިފައިވާ ރަށެއްކަމަށް ވެސް ކަނޑައެޅީ ރައީސްގެ ގަރާރަކުންނެވެ.
އަލިފުށީގެ އިހުތިޞާޞުން އެއްތިންގިލި ވަކިކުރީ އެ ރަށުގައި ރިސޯޓެއް ހިންގަން ޓޫރިޒަމް މިނިސްޓްރީން ބޭނުންވާތީއެވެ.