ސަރުކާރަށް ތާއީދުކޮށްގެން މިހާތަނަށް އެއްވެސް ފައިސާއެއް ލިބިވަޑައިގަނުގަންނަވާ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ލާރިއާ ހެދި މި ސަރުކާރުގެ ލާދީނީ ކަންކަން ޒައިދުމެންނަށް ފެނިވަޑައިނުގަންނަވާކަމަށް މީހަކު ބުނުމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ވިދާޅުވީ “އަޅުގަނޑު މިހުރީ މީގެ 10 އަހަރު ކުރިން ވެސް ހުރި ވަޒީފާގައި“ ކަމަށެވެ. އަދި ވަކި ސަރުކާރަކަށް ތާއީދުކޮށްގެން ނުވަތަ ނުކޮށްގެން ވެސް އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައެއް ނެތް ކަމަށެވެ.
ޤައުމުގައި ހިނގާ މުންކަރާތްތަކާ ދެކޮޅަށް އޭނާގެ ގާބިލިއްޔަތު ތަންދިން ވަރަކުން މަސައްކަތް ކުރައްވާކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
ދީން ވިއްކައިގެން ކައިބޮއެ އުޅެން ހެޔޮނުވާނެ