އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ށ.މިލަންދޫއަށް ވަޑައިގެންފިއެވެ.
އެމްއާރްއެމްއިން ރައީސް މައުމޫންގެ މި ދަތުރުފުޅަކީ މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް މިލަންދޫ ކައުންސިލާއި ރައްޔިތުންގެ ދަޢުވަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
”އެމްއާރްއެމްގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ށ.މިލަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައި.“
އެމްއާރްއެމްއިން ބުނީ މިލަންދޫ އާބާދުކޮށް ށ.މާކަނޑޫދޫ ރައްޔިތުން އެ ރަށުގައި ވަޒަންވެރިކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ޒައާމަތުގައި ފަށައި އެއްކޮށް ނިންމުނު މަސައްކަތެއް ކަމަށެވެ.