މާދަމާރޭ އެމްޑީޕީގެ ޖަގަހައިގައި ސިއްސައިގެންދާވަރުގެ ޖަލްސާއެއް އޮންނާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ ވިދާޅުވެއްޖެެއެވެ.
މިއަދު ޢާންމުވެފައިވާ ވީޑިއޯއެއްގައި މޫސަ ވިދާޅުވީ ރިޔާސީ ޕްރައިމަރީއަކީ އެތެރޭގެ އިންތިޚާބެއް ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮޅުކުރުމަށްޓަކައި މަސައްކަތް ކުރާއިރު އެއްވެސް ބަޔަކާ ޗެލެންޖުކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީގައި އޮންނަ އެއްބައިވަންތަކަމުގެ ރޫހު ގެންގުޅެންވާނެ ކަމަށެވެ.
އަދި އުންމީދަކީ މި ފަހަރު ތަފާތު ބޮޑުކޮށް ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވުން ކަމަށެވެ.
”މާދަން ރެއިން ފެށިގެން އަޅުގަނޑުމެންގެ ޖަގަހައިގެ ހަރަކާތްތައް ކުރިއަށްދާނެ. މާދަމާރޭ އިރާދަކުރެއްވިއްޔާ މި ޖަގަހައިގަ ސިއްސައިގެންދާވަރުގެ ޖަލްސާއެއް ބާއްވާނަން.“
މޫސަ ވިދާޅުވި ގޮތުގައި ރައީސް ޞާލިޙްގެ ޓީމުން ކުރާނީ އެމްޑީޕީވަންތަ ރީތި ކެމްޕޭނެކެވެ.
Jagaha jalsaaeh beyvvumakee sissaigen gos heybalive idhifushah dhamaa angain fonuaruvaa varuge kameh tha? M
Meehaku alhey hairaaneh nuvaanetha.!!!