ކްރިސްމަސް ދުވަސް ފާހަގަކުރުމުގެ ހަރަކާތެއް މާލޭގައި ނުހިންގުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ އެކިއެކި ޤައުމުތަކުގައި މި އަހަރުގެ ކްރިސްމަސް ދުވަސް ޣައިރު މުސްލިމުން ފާހަގަކުރި ކަމުގައިވިޔަސް ކްރިސްމަސް ދުވަހާ ގުޅިގެން އެފަދަ އެއްވެސް ހަރަކާތެއް މާލޭ ސިޓީގައި ހިންގުމަކީ އެ ކައުންސިލުން އެއްވެސް ހާލެއްގައި ހިތްވަރުދޭ ކަމެއް ނޫން ކަމަށެވެ.
އެފަދަ އަމަލުތައް މާލޭ ސިޓީގައި ހިންގުމަކީ އެ ކައުންސިލުން ހުއްދަދޭ ކަމެއް ނޫންކަމަށް ވެސް ބުންޏެވެ.
އެހެންކަމުން މާލޭ ސިޓީގެ އެއްވެސް ތަނެއްގައި މިފަދަ އަމަލުތައް ނުހިންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.