މާލޭގެ ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި އަންހެން ކުއްޖަކު، އެއްބަނޑު އެއްބަފާ ބޭބެ ބޮލަށް ވަޅި ހަރައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު ގެއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
މި މާރާމާރީގައި ޒަހަމްވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
އޮފިޝަލް އިތުރަށް ވިދާޅުވިގޮތުގައި، އެކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 12:21 އަށެވެ.
އެގިފައިވާގޮތުގައި އަނިޔާ ލިބިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި މައްސަލައާ ގުޅިގެން ހަމަލާ ދިން 25 އަހަރުގެ ދިވެހި އަންހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަދި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.