ހިސާބު ރަނގަޅަށް ޖައްސަވައިގެން އިޤުތިސާދު މެނޭޖް ކުރައްވަން އެނގިވަޑައިންނަވާ ރައިސްއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ފާހަގަކުރެއްވި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއައީ އިއްޔެ މެންދުރު ފަހުގައެވެ. އިންޑިއާއިން އައި މި ފަތުރުވެރިޔާ ޒިޔާރަތްކޮށްފައި މިވަނީ އަހަރު ނިމުމުގެ 10 ދުވަސް ކުރިންނެވެ.
އެހެންވެ ރޮޒައިނާ ވިދާޅުވީ ހިސާބު ރަނގަޅަށް ޖައްސަވައިގެން އިޤުތިސާދު މެނޭޖް ކުރައްވަން އެނގިވަޑައިންނަވާ ރައިސްއަކީ ރައީސް ޞާލިޙް ކަން ވަރަށް ސާފު ކަމަށެވެ.
”އިތުބާރު ކުރައްވާ ދެވަނަ ދައުރެއް ދެއްވާ“
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އަރަނި ބަޖެޓެއް ލިބި ޤައުމު ތަރައްގީވެ އަމާންކަމާ އުފާވެރިކަން ލިބޭނެ ކަމަށެވެ.