ރާއްޖެއާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކޮށް އަލުން ބަހައްޓައިފިއެވެ.
މިބިނާއަކީ ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށައި ޖަހާދީފައިވާ ތިން ފައި ހިލަތައް ރަމްޒުވާގޮތަށް ހަދާފައިވާ ބިނާއެކެވެ.
މިބިނާ އަލުން ބަހައްޓާފައިމިވަނީ ދެގައުމުގެ ގުޅުމަށް 55 އަހަރު ފުރުމުގެ މުނާސަބަތާއި ދިމާކޮށެވެ. ބިނާ އިފްތިތާހުކޮށްދެއްވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކޭ ޝުންސުކޭއާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފޮރިން މިނިސްޓަރު ޝާހިދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ މާލޭގެ ރައްކާތެރިކަމަށް ޖަޕާން ސަރުކާރުން ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ބޮޑު ރާޅުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ހާދިސާތަކުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދެގައުމުގެ ގުޅުން ރަމްޒުކޮށްދިނުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފުރަތަމަ ހެދި މިފަދަ ބިނާ ހުރީ ހެންވޭރު އަޑި ޕާކު ސަރަހައްދުގައެވެ.
އެބިނާ އެތަނުން ނަގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖުގެ މަސައްކަތަށެވެ.

ރާއްޖެއާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކޮށް އަލުން ބަހައްޓައިފިއެވެ
ސުވާލަކީ… ކޮންތާކު ބެހެއްޓީ¿?¿?¿