ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅުއާ ހަމައަށެވެ.
މިއަދު ހެނދުނު 09:00 އާ ހަމައަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
އަދި ވިލާގަނޑުގައި 40 މެލަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.