ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއްގެ ޝަރުތު ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެކްސްގެ ނަމުގައި ރައްޔިތުން ލޫޓުވުން ދަނީ ބާރަށް ކުރިއަށް ކަމަށެވެ. އަދި މި ސަރުކާރުން ކޮންމެ ދިވެއްސަކަށް ބައި މިލިއަނާ ގާތްކުރާވަރަށް ދަރަނި ނަގާފައިވާ ކަމަށެވެ.
”ރައީސް ޞާލިޙް ވަނީ ވެރިކަމުގެ ދެވަނަ ދައުރެއްގެ ޝަރުތު ގެއްލިފައި. ޓެކްސްގެ ނަމުގައި ލޫޓުވުން ބާރަށް ކުރިއަށް. ކޮންމެ ދިވެއްސަކަށް ބައި މިލިއަނާ ކައިރި ދަރަނި. ދައުލަތުން ޚަރަދުކުރަނީ އަމިއްލަ އެކައުންޓް ކަމަށް ހަދައިގެން.“
ޖަމީލް ވިދާޅުވީ ރައީސް ޞާލިޙަށް ވަޢުދު ފުއްދަވަން އެނގިވަޑައިނުގަންނަވާ ކަމާއި ނާޤާބިލުކަން ސާބިތުވެއްޖެ ކަމަށެވެ.