އެމްޑީޕީ މޮޅުވާނީ އެމްޑީޕީގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ ހިފެހެއްޓިގެންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ޖެނުއަރީގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ވައްޑެ ވިދާޅުވީ އެމްޑީޕީ މޮޅުވާނީ އެމްޑީޕީގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ ހިފެހެއްޓިގެން ކަމަށާއި އެ އިތުބާރު ހިފެހެއްޓޭނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރޭ ސޯލްޓް ކެފޭގައި ބޭއްވެވި ބައްދަލުވުމާ ގުޅިގެން ވެސް ވައްޑެ ވަނީ ފާޑުވިދާޅުވެފައެވެ.
އެ ގޮތުން ވައްޑެ ވަނީ އެމްޑީޕީ އިންތިޚާބު ކޮމިޓީގެ މެމްބަރުންނަށް ވެސް އަންގައި އަމުރުކޮށްގެން ކެމްޕޭނު ބައްދަލުވުމަށް ނެރުނީތޯ ސުވާލުކުރައްވައިފައެވެ.
އެއީގަނޖާތާ?