ވ.ފުލިދޫގައި ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އިންޑިއާގެ 21 އަހަރުގެ ޒުވާނެއްކަމަށްވާ ހުސެން ޝަމާދުއެވެ.
ފުލިދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާ ޖޭއެމްސީގެ މުވައްޒަފު ޝަމާދު ނިޔާވީ ހަވީރު 17:45 ހާއިރުއެވެ.
ޝަމާދު ނިޔާވީ އެ ރަށު ޖެޓީ ސަރަހައްދުގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާއާއެކު މޫދަށް ދިޔަ މީހުންނެވެ.