ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމަޑޭޝަން ބުލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އަނެއްކާ ވެސް އެ ތަނުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކުރުމުގެ ތެރެއިން އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ކަށިތަކެއް ފެނުނީ ރޭގައި ކަމަށެވެ.
އަލިފާނުގެ ހާދިސާއަށްފަހު މީހަކު ގެއްލިގެން އުޅޭކަން އެނގިގެން އެ މީހާ ހޯދަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެރޭ ވެސް އެ ސަަރަހައްދުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނުނެވެ.
އޭރު ފުލުހުން ބުނީ އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯއާއި އެއީ ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ތަހުލީލު ކުރަމުންދާ ކަމަށެވެ.
500 އެއްހައި މީހުން ދިރިއުޅެމުންދިޔަ އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވިއެވެ.