އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބަލިވުމުން ރައީސް ޞާލިޙް ފަހަތަށް އަރުއްވާތަން ފެންނާނެކަމަށް ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.
ޒައިދު ވިދާޅުވީ އަންނަ ޖަނަވަރީ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވެސް ކޮންމެވެސް ވަރެއްގެ ވޯޓުކޮޅެއް ހޯއްދަވާނެ ކަމަށާއި ނަމަވެސް އަޣުލަބިއްޔަތު ލިބޭނީ ރައީސް ޞާލިޙަށް ކަމަށެވެ. އަދި އެއަށްފަހު ޕްރައިމަރީގައި ކުރެއްވިހައި ތުހުމަތުތައް ނުކުރައްވާ ތުހުމަތުތަކަކަށް ބަދަލުވެ އަނެއްކާވެސް މަޖިލސް ރައީސް ކަމަށްޓަކައި ރައީސް ފަހަތަށް އަރުއްވާތަން ފެންނާނެ ކަމަށެވެ.
ޒައިދު ވިދާޅުވި ގޮތުގައި ނަޝީދު އަނބުރާ ވެރިކަމަށް ގެނައުމަކީ ދިވެހީންނަށް ގެއްލުން ބޮޑުވާނެކަމެއް ކަމެކެވެ.
”މަދު ރަނގަޅުކަމެއް ނުކުރައްވައޭ ނުދަންނަވަން. ނަމަވެސް އޭރުވެސް ފައިދާއަށްވުރެ ގެއްލުން މާބޮޑަށް ވެސް ބޮޑުވިތަން އެންމެން ދުށީމު. ލައްކަ ކަންތައްތަކާއި ރައްޔިތުންއޭރު ކުރިމަތިލާންޖެހުނު.“
ރައީސް ނަޝީދުގެ ފެކްޝަނުން މިއަދު ވަނީ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވުމަށް ބޭނުންވާ ތާއީދު ފޯމު ހަމަކުރުމުގެ މަސައްކަތް ފަށާފައެވެ. ދެން ވާދަކުރަން ނިންމަވާފައިވާ ރައީސް ޞާލިޙް ރޭ ވަނީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާ މަޝްވަރާ ކުރައްވައިފައެވެ.