15 މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަނުން އިއުލާނުކޮށްފިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހދ.ނޮޅިވަރަމާއި ށ.ކޮމަންޑުއާއި ނ.ވެލިދުއާއި ބ.ދަރަވަންދުއާއި ބ.ގޮއިދުއާއި ޅ.ހިންނަވަރާއި ކ.ކާށިދުއާއި އއ.މާޅޮހާއި ވ.ފުލިދުއާއި މ.މުލަކާއި ފ.ފީއަލީއާއި ގއ.ގެމަނަފުށްޓާއި ގއ.ދާންދުއާއި ގދ.ރަތަފަންދުއާއި ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދަން ބޭނުންވާ ކަމަށެވެ.
އެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 ކަމަށް ޖޭއެސްސީން ބުންޏެވެ.
އިސް މެޖިސްޓްރޭޓުންގެ މުސާރައަކީ މަހަކު 21,000 ރުފިޔާއެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިވިން އެލަވަންސްއާއި ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.