ބަރުލަމާނީ ޓީމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުން، ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީއާއި 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުއަށް ކުރުމަށް ނިންމާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރަށްޔިތުން މަޖުލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއާއިއެކު ފޮޓޯއެއް ހިމަނުއްވާ ނިޝާން ވިދާޅުވީ ބަރުލަމާނީ ޓީމު އަބަދުވެސް އޮންނާނީ ދިވެހިރަށްޔިތުންނާއިއެކުގައި ކަމުގައެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުވާލުމުން އެކަމަށް އެންމެ ފުރަތަމަ ކުރިމަތިލެއްވީ މުހައްމަދު ނަޝީދެވެ. ނަޝީދު ވަނީ ދަފްތަރު މިހާރު އޮތްގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ޕްރައިމަރީ އިންސާފުވެރިނުވާނެކަމަށް ތުހުމަތުކުރައްވާފައެވެ.