ކުނިމެނޭޖްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:24-2022)ގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ1993/4)ގެ ދަށުންނެވެ. ނަމަވެސް ކުނިމެނޭޖްކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު:24-2022) އަށް އަމަލުކުރަން ފެށުމާއެކު (ޤާނޫނު ނަމްބަރު:4/1993)ގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާގުޅިގެން އަލުން މި ލިސްޓު ކަނޑައެޅުއްވީއެވެ.
ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީޚްތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ޤަރާރުގައި ބަޔާންކުރައްވާފައިވެއެވެ.
ލިސްޓުގައި ހިމެނޭ ތަކެތި:
- ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދު ކުރާ ސްޓައިރޮފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ބާޒާރުކުރަން ބޭޏުން ކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު
- ޕްސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރާ ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި - ޕްލާސްޓިކް ދަނޑިކޮޅު ލައިފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
- 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 1 ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރާސްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް
ކޮތަޅު މަނާ! ކޮތަޅު ހަދާ ރޯ މެޓިރިއަލް ޑިޔުޓީ ފްރީ! ހުޅުމާލޭގައި ފެކްޓަރީތައް! ކާކު ކޮތަޅުގެ މައިކޮރޮން ބަލަނީ! މީ ބަޔަކަށް ފައިދާގަޑެއް ދޭންވެގެން ހިންގާ ކަމެއް!